ކްލަބު މޯލްޑިވްސް ކަޕް: ފިރިހެން ބައިގެ ފުރަތަމަ މެޗު އެޗްޑީސީއަށް، ދެވަނަ މެޗު އެއްވަރު

ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެބޮޑު މުބާރާތް ކްލަބް މޯލްޑިވްސް ކަޕް ރޭ ފަށައިފި އެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ އެންމެފަހުގެ ޗެމްޕިއަން ބީއެމްއެލް އާއި އެޗްޑީސީ އެވެ. އެންމެފ...

22 Nov 2021 | 05:34

ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެބޮޑު މުބާރާތް ކްލަބް މޯލްޑިވްސް ކަޕް ރޭ ފަށައިފި އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ އެންމެފަހުގެ ޗެމްޕިއަން ބީއެމްއެލް އާއި އެޗްޑީސީ އެވެ.

އެންމެފަހުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރުގެ ޗެމްޕިއަން ބީއެމްއެލްގެ މައްޗަށް އެޗްޑީސީން މެޗު ކާމިޔާބުކުރީ 3-0 ން ނެވެ.

މެޗުގެ ކުރިން ބޭއްވި ހުޅުވުމުގެ ރަސްމިއްޔަތުގައި އެންމެ ފަހުން ބޭއްވި ކްލަބު މޯލްޑިވްސް ކަޕް ބީއެމްއެލް އިން ކާމިޔާބުކޮށްފައިވާތީ ޗެމްޕިއަނުންގެ ބެޖު އެ ޓީމަށް ދީފަ އެވެ.

މި މެޗުގައި އެޗްޑީސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަބްދުﷲ ޝާފިއު (ޝާއްޕެ) ޖަހައިދިން އިރު، އަނެއް ލަނޑު ޖެހީ ޔާމީން މުހައްމަދު (ޔާންޓޭ) އެވެ.

ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ރޭ ވާދަކުރީ ކްލަބު އިމިގްރޭޝަން އާއި ދިރާގެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެން ނެވެ.

މުބާރާތުގައި މިރޭ ކުޅޭ ހަތަރު މެޗަކީ ވެސް ފިރިހެން ޑިވިޝަންގެ މެޗުތަކެވެ.

އެގޮތުން 20:15 ގައި އެމްޕީއެލް - ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބައްދަލުކުރާ އިރު، ހަމައެގަޑީގައި ފެނަކަ އާއި އާރްއޯއެލް ވެސް ކުޅޭނެ އެވެ.

މިރޭ 21:30 ގައި މީޑިއާނެޓް އަދި އެމްއޭސީއެލް ވާދަކުރާ އިރު، ހަމަ އެގަޑީގައި ދެން ވާދަކުރާނީ އެމްއެމްއޭ އާއި މޯލްޑިވް ގޭސް އެވެ.

މުބާރާތް ކުރިއަށް ދަނީ ހުޅުމާލޭ ރެހެންދިން ސްކޫލް ކައިރިގައި އޮންނަ ފުޓްސަލް ދެ ދަނޑުގަ އެވެ. މެޗު ކުޅޭ ކޮންމެ ގަޑިއެއްގައި ދެ ދަނޑުގައި ވެސް މެޗުތައް ކުރިއަށްދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް