ޓައިވާނަށް އެއްބާރުލުންދޭ ގައުމުތަކާއި އެކު ޗައިނާއިން ގުޅުން ކަނޑާލަނީ

ހޫނުވެފައިވާ ޗައިނާ އާއި ޓައިވާން މައްސަލައިގަ ޗައިނާކޮޅަށް ނާރާ ގައުމުތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި އެވެ. ޓަައިވާނުން އަމިއްލަ މިނިވަން ގައުމަކަށް ވުމަށް ކުރަމުންދާ ވަކާލާތުގެ އަޑު މި ދުވަ...

22 Nov 2021 | 05:04

ހޫނުވެފައިވާ ޗައިނާ އާއި ޓައިވާން މައްސަލައިގަ ޗައިނާކޮޅަށް ނާރާ ގައުމުތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި އެވެ.

ޓަައިވާނުން އަމިއްލަ މިނިވަން ގައުމަކަށް ވުމަށް ކުރަމުންދާ ވަކާލާތުގެ އަޑު މި ދުވަސްވަރު ގަދަވަމުންދާއިރު ޗައިނާއިން ބުނަމުން ދަނީ ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެއް ކަމަށެވެ. އަދި އދ. ގައި ޓައިވާނަކީ ވަކި ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ފުރުސަތު ނުދޭނެ ކަމަށް ޗައިނާއިން ބުނެފައިވެ އެވެ.

މި ބަހުސްތައް ވަރުގަދަވެފައިވަނިކޮށް ލިތުއޭނިއާއިން ވަނީ އެ ގައުމުގައި ޓައިވާނުގެ އެމްބަސީއެއް ހުޅުވުމުގެ ހުއްދަ ދީފައެވެ. އެ މަސައްކަތް ކުރިޔަށްދާކަމަށް ދެ ގައު

މުން ހާމަ ކުރުމުން ޗައިނާއިން ވަނީ ލިތުއޭނިއާ އާއި އޮތް ސިޔާސީ ގުޅުން ކަނޑާލާފަ އެވެ.

ޗައިނާއިން ބުނީ އެމްބަސީ ހުޅުވުމުގެ ހުއްދަ ދިނުމަކީ އެ ގައުމުން ދައްކަމުންދިޔަ ވާހަކަތައް ލިތުއޭނިޔާއިން ސީރިއަސްކޮށް ނުނަގާކަމުގެ ހެއްކެތް ކަމަށެވެ. ލިތުމޭނިއާއިން ވަނީ ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެފަ ކަމަށް އެ ގައުމުން ވަނީ ތުހުމަތު ކޮށްފަ އެވެ.

މައްސަލައިގަ ގިނަ ގައުމުތަކުން ދަނީ ޓައިވާނަށް ސަޕޯޓުކޮސް ތާއީދު ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް