ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިނަމަ، ވީހާވެސް އަވަހަކަށް ފްލޫ ކްލިނިކަށް ދެއްކުމަށް އެޗްއީއޯސީ އިން އިލްތިމާސް ކޮށްފި އެވެ.
ކޮވިޑްގެ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ ރޯގާގެ ޢަލާމާތް ހުރެމެ، ފްލޫ ކްލިނިކަށް ދައްކަން ޖެހިލުންވާ ކަމަށެވެ.
އެހެންވެ، ކަރުގައި ރިއްސާ، ވަސްނުދުވުން ފަދަ ޢަލާމާތްތަކާއި ރީގާގެ އަސަރު ހުރިނަމަ، އެންމެ ގާތުގައިވާ ފްލޫ ކްލިނިކަށް ދެއްކުމަކީ ކޮވިޑުން ތިމާއާއި އެހެންމީހުން ރައްކާތެރި ކުރުމަށް އެޅޭ ވަރަށް މުހުންމު ފިޔަވަޅެއް ކަމަށެވެ.
"ރޯގާ ޖެހުނީމަ ލަސްނުކުރައްވާ އަވަހަށް ފްލޫ ކްލިނިކަށް ވަޑައިގަނޭ. އަޅުގަނޑުމެންނަށް އެބަފާހަގަވޭ ބައެއް ފަރާތްތަކުން ރޯގާޖެހި ބޮޑުވަރުވެގެންދާ އިރުވެސް ފްލޫ ކްލިނިކަށް ނުދައްކާ ތިބޭތަން. މިއީ އެއްގޮތަަކަށް ވެސް ރަނގަޅު ގޮތެއް ނޫން." ޑރ. ނަޒްލާ ވިދާޅުވި އެވެ.
މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިން ދިނުމ ާވެސް ބައެއް މީހުން ދެކޮޅުހަދާކަން ފާހަގަވާ ކަމަށް ޑރ. ނަޒްލާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޑރ. ނަޒްލާވިދާޅުވީ އެފަދަ ފަރާތްތަކުން ހަނދާންނެތުނީ ކަމަށް ބުނާ ކަމަށެވެ. ނަމަވެސް މިއީ ހަނދާން ނައްތާލައިގެން ކަމަށް ބުނެ ފަރުޖައްސާލެވެން އޮތް ކަމެއް ނޫން ކަަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް