ކޯވިޑް-19 އަށް އިތުރު 30 މީހުން ޕޮސިޓިވްވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 27 މީހުންނާއި އަތޮޅު ތެރެއިން ތިން މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި އަށް ބިދޭސީންނެވެ.
މިއަދުގ ނިޔަލަށް ކޯވިޑް ފަރުވާ ދެމުން ދަނީ 956 މީހުންނަށެވެ. އޭގެ ތެރެއިން 86 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު ތިން މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.
ޕޮސިޓިވް މީހުންގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި 344 މީހުން އެބަތިއްބެވެ. އަދި އަތޮޅު ތެރޭގެ 12 ރަށެއްގައި 12 މީހުން އެބަތިއްބެވެ.
ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން 31 ރިސޯޓެއްގައި ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 155 މުވައްޒަފުންނާއި 54 ޓޫރިސްޓުންނެވެ.
މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 11،599 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 46 މީހެކެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 12،608 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް