ބ. މާޅޮހު ކަނބަލުންނަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފި އެވެ.
މިއީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތެކެވެ.
އެ ޖަމިއްޔާ އިން ބުނީ ކަނބަލުންނަށް ޚާއްސަކޮށްގެން މިފަދަ މުބާރާތެއް އިންތިޒާމު ކުރުމުގެ ބޭނުމަކީ ކަނބަލުންނަށް މިފަދަ މުބާރާތެއްގައި ވާދަކޮށް، މެޗު ތަޖުރިބާ ހޯދައިދިނުމާއި ހުނަރުވެރިން ނެރުން ކަމަށެވެ.
މާޅޮހަށް އަންހެން ފުޓްސަލް ތައާރަފުކުރި މާރެސް ޖަމިއްޔާއިން ވަނީ އަންހެނުންނަށާއި 14 އަހަރުން ދަށުން ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ކޯޗިން ކޭމްޕެއް މިދިޔަ އޯގަސްޓު މަހު ބާއްވާފަ އެވެ.
މިއަހަރުގެ މުބާރާތް މާޅޮހަށް ހުޅުވާލައިގެން ބާއްވާ އިރު، 5 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.
މި މަހުގެ 28ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ޓްރިޕަލް ސީ ޖިފްޓް އަދި އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުންނެވެ.
އެ ޖަމިއްޔާ އިން އަންހެނުންނަށް ފުޓްސަލް އެޑްވާންސް ކޭމްޕެއް ވެސް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އުއްމީދަކީ މި މުބާރާތް އަންނައަހަރު މުޅި އަތޮޅަށް ހުޅުވާލުން ކަމަށް ވެސް މާރެސް އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް