ޓްރަމްޕުގެ ކޭމްޕުން ހުށަހެޅި މައްސަލަ ޕެންސިލްވޭނިއާގެ ފަނޑިޔާރަކު ބޭރުކޮށްލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކޭމްޕުން ހުށަހެޅި މައްސަލަ ޕެންސިލްވޭނިއާގެ ފަނޑިޔާރަކު ބޭރުކޮށްލައިފި އެވެ. ޕޯސްޓުން ހުށަހެޅި އެތައް މިލިއަން ވޯޓެއް ބާތިލްކަމަށް ކަނޑައެޅުމަށް ހުށަހެޅި މި މައްސ...

22 Nov 2020 | 15:22

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކޭމްޕުން ހުށަހެޅި މައްސަލަ ޕެންސިލްވޭނިއާގެ ފަނޑިޔާރަކު ބޭރުކޮށްލައިފި އެވެ.

ޕޯސްޓުން ހުށަހެޅި އެތައް މިލިއަން ވޯޓެއް ބާތިލްކަމަށް ކަނޑައެޅުމަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ފަނޑިޔާރު މެތިއު ބްރޭންގެ ނިންމެވުމާ ގުޅިގެން ޕެންސިލްވޭނިއާގެ ވޯޓުން ކުރި ހޯއްދެވީ ބައިޑަން ކަމަށް ކަނޑައަޅަން މިހާރު ވަނީ ފުރުސަތު ބޮޑުވެފަ އެވެ.

ފަނޑިޔާރުގެ ނިންމުމުގައި ވަނީ އެންމެ މީހެއްގެ ކިބައިން ވެސް ވޯޓުލުމުގެ ހައްގު ނުގުޅައި ނުގަނެވޭނެ ކަމަށެވެ.

ޕެންސިލްވޭނިއާ އިން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން އަށްޑިހަ ހާސް ވޯޓު ލިބިވަޑައިގެންނެވި އިރު، މިއީ ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތް ކުރައްވާ ޓްރަމްޕަށް ކުރިމަތިވެވަޑައިގަތް އިތުރު ގޮންޖެހުމެވެ.

އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން 306 ވޯޓު ލިބިވަޑަގެންނެވި އިރު، ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އަދި އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯއްދަވަން ޖެހެ އެވެ.

ފަނޑިޔާރުގެ ނިންމުމާ ގުޅިގެން، ޓްރަމްޕް ބަލި ގަބޫލް ކުރައްވަން ރިޕަބްލިކަން ޕާޓީގެ އިސް މެންބަރުން މިހާރު ގެންދަވަނީ ގޮވާލަމުން ނެވެ. ޖޯޖިއާގެ ވޯޓު އަލުން ގުނާފައި ވަނިކޮށް، ޓްރަމްޕުގެ ކޭމްޕުން ހޮނިހިރު ދުވަހު ވަނީ އަނެއްކާވެސް އެ ސްޓޭޓުގެ ވޯޓު ގުނުމަށް އެދިފަ އެވެ. ދެފަހަރަށް ގުނުމުން ވެސް ޖޯޖިއާ އިން ކުރި ހޯއްދެވީ ބައިޑަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް