އަނިޔާއާ ދެކޮޅަށް ރާއްޖެ ނަމުގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާއެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނީ މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލިތާ އެއް އަހަރު ފުރުމާ ދިމާކޮށް ބާއްވާ މުޒާހަރާއެއް ކަމަށެވެ. އަދި މި މުޒާހަރާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު ކަމަށެވެ.
އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެމްޑީޕީއިން އެޗްޕީއޭގެ މިންގަނޑުތަކަށް ނުބަލާހާ ހިނދަކު އެ ކޯލިޝަނުންވެސް މުޒާހަރާ ކުރާ އިރު މިންގަނޑުތަކަށް ނުބަލާނެ ކަމަށެވެ.
ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ސެޕްޓެމްބަަރު މަހު ނިންމާލާފައިވީނަމަވެސް، އަދިވެސް ހުކުމްކޮށްފައެއް ނުވެއެވެ.
އެހެންވެ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ރައީސް ޔާމީންއަށް ހުކުމް ކުރެއްވި ފަނޑިޔާރު އަލީ ރަޝީދު ހުސެއިންއަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ފާޑު ކިޔާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް