އަމިއްލަ ސަންދޯކަށް މޮހޮރު ޖަހަނީކަމަށް ވިދާޅުވެ މަލީހުގެ ބަހުގެ ހަމަލާ އެމްޑީޕީއަށް!

ވެރިކަން ކުރާ އެމްޑީޕީން އަމިއްލަ ސަންދޯކަށް މޮހޮރު ޖައްސަވަނީކަމަށް ވިދާޅުވެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައި އެވެ. މަލީހު މިހެން ވ...

22 Nov 2020 | 08:33

ވެރިކަން ކުރާ އެމްޑީޕީން އަމިއްލަ ސަންދޯކަށް މޮހޮރު ޖައްސަވަނީކަމަށް ވިދާޅުވެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައި އެވެ.

މަލީހު މިހެން ވިދާޅުވީ އޭނާ މަގާމުން ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް އެމްޑިޕީގެ ޕީޖީ ގްރޫޕުން ނިންމުމުންނެވެ. އެ މައްސަލަ އެމްޑީޕީ ޕީޖީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް އެވެ.

އެމްޑީޕީ ޕީޖީގެ ނިންމުމަށް މަރުހަބާ ވިދާޅުވެ މީކާއިލް ކުރެއްވި ޓުވީޓަށް ޖަވާބު ދެއްވަމުން މަލީހު ވިދާޅުވީ އެމްޑީޕީގައި އޮތީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މިނިސްޓަރުން ކެބިނެޓުން ބޭރުކުރުމުގެ ހީލަތްތެރި ޕްލޭނެއް ކަމަށެވެ. މަލީހު ވިދާޅުވީ އެމްޑީޕީން ގެންގުޅެނީ މުޅި އެތި ޖަހައިގަތުމުގެ ޕްލޭނެއް ކަމަށާއި ސުޕާ މެޖޯރިޓީ ސުޕާ މައިނޯރިޓީއަށް ބަދަލުވެދާނެކަމަށެވެ.

އޭނާ މިއަދުވެސް ވިދާޅުވީ އެމްޑީޕީން އޭނާއާ ދެކޮޅަށް ނުކުތީ، ޒިންމާއެއް އަދާނުކުރައްވައިގެންނެއް ނޫނެވެ. މިނިސްޓަރު ވިދާޅުވީ ފެނިގެން މިދަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި އޭނާ ދެއްކެވި ވާހަކަތަކެއް އެމްޑީޕީ އަށް ގަބޫލުނުކުރެވުނުތަން ކަމަށެވެ.

އެގޮތުން ދޫ މޯގޭޖްކޮށްފައި ސެޓްފިކެޓެއް އެމްޑީޕީއާ ހަވާލުކޮށްފައެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ދެއްކެވި ވާހަކަ އަކާއި ގުޅިގެން މަގާމުން ވަކިކޮށްދޭން ހުށަހެޅުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅައިގެން އުޅޭ އެމްޑީޕީން ބައިކޮޅަށް ޖެހި ގޯލެއް ކަމަށް ވިދާޅުވި އެވެ.

https://twitter.com/maleehjamal/status/1330401643884589056

https://twitter.com/maleehjamal/status/1330410324114083841

އިންޓަނެޓު އަގުހެޔޮ ކުރުމާއި ގުޅުވައި މަލީހު މަގާމުން ވަކި ކުރަން ހުށަހެޅުއްވި އިރު މަލީހު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އެމްޑިޕީގެ މަޖިލީސް މެމްބަރުން ވަނީ ވަރަށް ބޮޑަށް މަލީހު އާއި ނުރުހުންވެފައި އެވެ. އެއީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް