އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލަށް ރާއްޖޭގެ ޢަލީ އަޝްފާގު (ދަނގަޑޭ) ހިނގައްޖެ އެވެ.
އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ގޯލްތަކުގެ މެދުގައި އޭއެފްސީން ނަގާ ޕޯލުގެ ފައިނަލަށް ދަގަނޑޭ ދަތުރުކުރީ ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ މައްޗަށް، ވޯޓުލީ މީހުންގެ 54.68 ޕަސެންޓް މީހުންގެ ވޯޓު ހޯދައިގެން ނެވެ.
ފައިނަލްގައި ސައުތް ޗައިނާގެ ޗާންއާ ދެކޮޅަށް ދަގަނޑޭ ނުކުންނަ އިރު، ފައިނަލް ބުރުގެ ވޯޓުލުން ފަށާނީ އަންނަ ބުދަ ދުވަހުއެވެ.
ބްރެކެޓް ޗެލެންޖްގައި ހިމަނާފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓަށް ކުޅެ އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ.
ފައިނަލް ބުރަށް ދަތުރުކުރުމުން ދަގަނޑޭ ވަނީ ރެޔާއި ދުވާލު އޭނާއަށް ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް ދަގަނޑޭ ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް