އިމްރާނަށް އިތުބާރު އޮތް ކަމަށް ނިންމައި މަލީހު ވަކި ކުރަން ހުށަހަޅަން ފާސްކޮށްފި

ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް އިތުބާރު އޮތް ކަމަށް ނިންމައި، ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަގާމުން ވަކި ކުރަން ހުށަހަޅަން ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުނ...

22 Nov 2020 | 07:30

ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް އިތުބާރު އޮތް ކަމަށް ނިންމައި، ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަގާމުން ވަކި ކުރަން ހުށަހަޅަން ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.

ހޯމް މިނިސްޓަރު އިމްރާންގެ އިތުރުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުންނެވެ. އެ މައްސަލަ މަޖިލީހުގައި އެޖެންޑާކޮށް އިމްރާނަށް ވަނީ ޖަވާދު ދާރީވުމަށް ފުރުސަތު ދީފައި އެވެ.

މިނިސްޓަރު އިމްރާންގެ މައްޗަށް އިތުބާރު އޮތް ކަމަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމުމުން މަޖިލީހުގައި އިމްރާންގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސް ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ނިންމީ ޓެކްނޮލިޖީ މިނިސްޓަރު މަލީހު މަގާމުން ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށެވެ. މަލީހުގެ މައްސަލަ އެމްޑީޕީ ޕީޖީއަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް މީކާއިލް ހުށަހެޅުއްވީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ކޭމުން ހަދަން ޖެހޭ ގަވާއިދުތަކެއް މަލީހުގެ ވަޒީރު ކަމަށް ދެ އަހަރުވި އިރު ވެސް ނުހެދުމުން ކަމަށް ބުނެ އެވެ. އެއީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަކޮށް، ރެގިއުލޭޓްކޮށް ހިންގަން ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކު ދައުލަތާއި ރައްޔިތުންނަށް ގެއްލުންތަކެއްވާ ކަމަށް މައްސަލައިގައިވެ އެވެ.

އިމްރާންގެ މައްޗަށް އިތުބާރު ނެތްކަމަށް އިދިކޮޅުން މަޖިލީހަށް ހުށަހެޅީ ދެ މައްސަލައެއްގައި ތުހުމަތު ކޮށްފައި އެވެ. އެއީ ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލައާއި ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގަ މިނިސްޓާރު އިތުރުފުޅު ހެއްދެވިކަމަށާއި ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލަ އަކީ އާދައިގެ ކަމެއް ކަމަށް ވިދާޅުވި ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް