އިންޑިއާގެ މާޝްހޫރު ކޮމީޑިއަން ބާރްތީގެ ދެމަފިރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

އިންޑިއާގެ މާޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހާޝް ލިމްބާޗިއާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ. އެ ދެ މީހުން ހައްޔަރު ކުރީ ދެމަފިރިން މުމްބާއީގައި ދިރިއުޅޭ ގެއިން މަސ...

22 Nov 2020 | 05:49

އިންޑިއާގެ މާޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހާޝް ލިމްބާޗިއާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ހައްޔަރު ކުރީ ދެމަފިރިން މުމްބާއީގައި ދިރިއުޅޭ ގެއިން މަސްތުވާތަކެތި ހޯދިފައިވާތީ ކަމަށް މި އޮޕަރޭޝަން ހިންގާ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބުނެ އެވެ. އެ ގެ ބަލާ ފާސްކުރީ ސުޝާންތް ސިންގް ރާޖްޕުޓްގެ މަރާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި ކަމަށް ބުނެ ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިންނެވެ.

މި އޮޕަރޭޝަންގައި މީގެ ކުރިން ބޮލީވުދްގެ މަޝްހޫރު ބައެއް ތަރިންނާއި ސުވާލުކޮށްފައި އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތުގައި ސުވާލު ކުރި ތަރިންގެ ތެރޭގައި ދިޕިކާ ޕަދުކޯން، ސާރާ އަލީ ހާން، ޝްރައްދާ ކަޕޫރު ފަދަ ތަރިން ހިމެނެ އެވެ.

ހާޝް އާއި ބާރްތީ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި އެވެ. އެންސީބީ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ދެމަފިރިން ދިރިއުޅޭގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފެނިގެންނެވެ. މީގެ އިތުރުން ގަންޖާ އާއި އިންޑިއާގައި ބޭނުން ކުރުން މަނާ ބޭސްތަކެއްވެސް އެގެއިން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އުމުރުން 36 އަހަރުގެ ބާރްތީ އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކާއި މަޝްހޫރު ކޮމިޑީ ޝޯތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި ސޮނީ ޓީވީން ދައްކާ "ދި ކަޕިލް ޝަރުމާ ޝޯ" ހިމެނެ އެވެ. އޭނާގެ ފިރިމީހާ ހާޝް އަކީ ސްކްރީން ރައިޓަރެކެވެ. ހާޝް އާއި ބާރްތީއަކީ ސޮނީ ޓީވީން މިހާރު ގެނެސްދޭ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ހޯސްޓުންނެވެ.

އެ ދެމީހުން ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް