އެތުލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ ބަލިވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރި މެޗުން ބާސެލޯނާ ބަލިވެއްޖެއެވެ. ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުން ބާސެލޯނާ ބަލިވީ 0-1 އިންނެވެ. ރޭގެ މެޗުގައި ދާދި ހަމަހަމަ ކުޅ...

22 Nov 2020 | 04:00

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރި މެޗުން ބާސެލޯނާ ބަލިވެއްޖެއެވެ.

ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުން ބާސެލޯނާ ބަލިވީ 0-1 އިންނެވެ.

ރޭގެ މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެތްލެޓިކޯ މެޑްރިޑުން ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ކުޑަ ވަގިތު ކޮޅަކަށް ވެފައި ވަނިކޮށެވެ.

މި ލަނޑު އެތްލެޓިކޯ މެޑްރިޑް އަށް ކާމިޔާބުކޮށް ދިނީ ބެލްޖިއަމްގެ ޔަމިކް ކަރަސްކޯ އެވެ. މި ލަނޑު ކަރަސްކޯ ކާމިޔާބުކުރީ ބާސެލޯނާ ހާފުގެ މެދަކާ ހިސާބުން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެތްލެޓިކޯ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހު ހާފުގެ ކުޅުން ނިމިގެން ދިޔައީ އިތުރު ލަނޑެއް އެއްވެސް ޓީމަކަށް ކާމިޔާބު ނުކުރެވިއެވެ.

ރޭ އެތުލެޓިކޯ އަތުން ބާސެލޯނާ ވީ ބައްޔަކީ ލީގުގައި މިފަހަރު އެޓީމުން ވި ތިންވަނަ ބައްޔެވެ. އެތުލެޓިކޯ ވަނީ މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ.

އެތުލެޓިކޯ އިން ރޭ ހޯދި މޮޅާއެކު އެ ޓީމު ވަނީ ޓޭބަލްގެ ދެވަނައަށް އަރައިފަ އެވެ. ޓޭބަލްގެ އެއްވަނައިގައި އެއް މެޗު އިތުރަށް ކުޅެގެން ރެއާލް ސޮސިއެޑާޑް އޮތް އިރު ދެވަނައިގައި އެތުލެޓިކޯ އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.

މިޙާތަނަށް ލީގުގައި ބާސެލޯނާއިން އަށް މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ 11 ޕޮއިންޓެވެ.

ރޭ ސްޕެނިޝް ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، މަޝްހޫރު ރެއާލް މެޑްރިޑު އަދި ވިޔަ ރެއާލްއާ ބައްދަލުކުރި މެޗު ހިމެނެއެވެ. މި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް