އިޓާލިއަން ލީގުގައި ރޭ ކަލިއާރީ އާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ޔުވެންޓަސް އިން ކަލިއާރީގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން މި މެޗުގައި ޖެހި ދެ ގޯލުވެސް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
ޔުވެންޓަސްގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކުރީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ޔުވެންޓަސް އަށް ކާމިޔާބުކުރީ ރޮނާލްޑޯއެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އޭނާ ވަނީ މިހާތަނަށް މިފަހަރުގެ ލީގުގައި އެންމެ ގިނަ ގޯލު ޖަހައިފައިވާ އޭސީ މިލާނުގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ޖަހައިފައިވާ ގޯލުގެ އަދަދާ އެއްވަރުކޮށްފައެވެ. ރޮނާލްޑޯ އާއި އިބްރަހިމޮވިޗް މި ސީޒަނުގައި މިހާތަނަށް 8 ގޯލު ޖަހާފައިވެއެވެ.
ރޭގެ މޮޅާއި އެކު މިހާތަނަށް ލީގުގައި މިހާތަނަށް ޔުވެންޓަސް އިން އަށް މެޗު ކުޅެފައިވާއިރު އެ ޓީމު އަދި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.
ރޭގެ ނަތީޖާއާ އެކު ޔުވެންޓަސް މިހާރު އޮތީ ކުޅުނު 8 މެޗުން ލިބުނު 16 ޕޮއިންޓާއި އެކު ޓޭބަލްގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް އޭސީ މިލާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް