ކަސްރަތަށް ނިކުމެ އުޅެނިކޮށް އަފްޝާނަށް ޖިންސީ ގޯނާކުރި މީހަކު އަތުލައިގެންފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ،ފާތިމަތު އަފްޝާން ލަތީފް، ކަސްރަތު ކުރަން ނިކުމެ އުޅެނިކޮށް އޭނާއަށް ޖިންސީ ގޯނާކުރިމީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ވެރިކ...

22 Nov 2020 | 01:40

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ،ފާތިމަތު އަފްޝާން ލަތީފް، ކަސްރަތު ކުރަން ނިކުމެ އުޅެނިކޮށް އޭނާއަށް ޖިންސީ ގޯނާކުރިމީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި އެ ޕާޓީގެ ތަރުޖަމާނުކަންވެސް ކުރެއްވި އަފްޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއަށް ޖިންސީ ގޯނާކުރި މީހާ އަތުލައިގަތް ފުލުސް އޮފިސަރުންނަށާއި، ކަސްރަތަށް ނިކުމެ އުޅުނު މީހުންނަށް ޝުކުރުއަދާކުރާކަމަށެވެ.

"އޭނާ އަހަންނަށް ގޯނާކުރީ ބްރިޖްމަތިން، ފޮޓޯއިން އެ ފެންނަ އެހެން އަންހެން ކުއްޖަކަށްވެސް އޭނާ ގޯނާކުރި، އަހަރެންގެ ސްޕީޑް މަޑުކޮށްލާ އޭނާ ކުރިއަށްދާން ފުރުސަތު ދިނިން، ނަމަވެސް އޭނާ ކުރި އަރައިގެން ދިޔައީ އަހަރެންގެ ފޫކޮޅުގައި އަތްލާފައި، އަދި އެއަށްފަހު އޭނާ ދުއްވައިގަތް" އަފްޝާންގެ ޓްވީޓްގައި އެ ހާދިސާ އިތުރަށް ތަފްސީލުކޮށްދީފައިވެއެވެ.

https://twitter.com/AfshanLatheef/status/1330204786197663744

އަފްޝާން ވިދާޅުވެފައިވަނީ އެފަދަ އާއްމު ތަންތަނަކީ އަންހެނުންނަށް ރައްކާތެރި ކަމެއް ކަމުގައި ފުލުހުން ކަށަވަރު ކުރުން މުހިންމު ކަމަށެވެ. އެފަދަ ނޭތްގާނީ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު މިހާރަށްވުރެ ހަރުދަނާ، ހަރުކަށި ފިޔަވަޅު އެޅެންޖެހޭ ކަމަށެވެ. އަދި އޭނާ އަތުލައިގަނެވުނީތީ ހިތްހަމަޖެހޭ ކަމަށެވެ.

އަފްޝާން އިތުރަށް ވިދާޅުވެފައިވަނީ އެ ވަގުތަކީ ދުވަހުގެ ބުރަ މަސައްކަތަށްފަހު އަދި ދަރިން ނިންދެވުމަށްފަހު ކަސްރަތާއެކު ސިކުނޑި ތާޒާކޮށްލާ ހިޔާލު ތަނަވަސްކޮށްލަން ނިކުމެލާ ވަގުތެއް ކަމަށާއި ނަމަވެސް ބައެއް ފިރިހެނުންގެ މިފަދަ ނޭތްގާނީ އަމަލުތަކާއިހުރެ އެ މިންވަރުވެސް އަންހެނުންނަށް ކަށަވަރު ނުކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް