އޭއެފްސީ ބުރެކެޓް ޗެލެންޖް: ފައިނަލުގެ ފުރަތަމަ ޖާގަ ހޮންކޮންގެ ޗަން ސިއު ކީއަށް

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން މިހާރު ކުރިއަށްގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮންގް ކޮންގްގެ ޗޭން ސިއު ކީ ކަށަވަރުކޮށްފިއެވެ. ހޮންގް ކޮންގްގެ...

21 Nov 2020 | 19:18

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން މިހާރު ކުރިއަށްގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮންގް ކޮންގްގެ ޗޭން ސިއު ކީ ކަށަވަރުކޮށްފިއެވެ.

ހޮންގް ކޮންގްގެ ސައުތް ޗައިނާ ކްލަބެއް ކަމުގައިވާ އީސްޓަންް ޑިސްޓްރިކްޓް އަށް ކުޅެމުން އަންނަ ޗޭން ސިއު ކީ ފައިނަލުން ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މެލޭޝިއާގެ ޕޯޓިމޮނެންސީ އަށް ކުޅެމުން އަންނަ ސަފާވީ ރާޝިދްގެ މައްޗަށް ކުރިހޯދައިގެނެވެ.

ހޮނިހިރު ދުވަހުގެ 13:00 އަށް ސެމީ ފައިނަލްގެ ވޯޓުލުމުގެ ވަގުތު ހަމަވިއިރު ޗޭން ސިއު ކީއަށް ލިބިފައިވަނީ ވޯޓުލީމީހުންގެ 51.61 އިންސައްތަ ވޯޓެވެ. އަދި ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.

މި ޗެލެންޖުގައި ޗޭން ސިއު ކީ ޖެހި ގޯލުތަކުގެ ތެރެއިން ޗެލެންޖަށް ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2015 ވަނަ އަހަރު އޭރިއާ ބޭރުން ގޯލާއި އަމާޒުކޮށް އޭނާ ފޮނުވާލި ހަމަލާއިން ޖެހި ގޯލެވެ. ސެމީގައި ޗޭން ސިއު ކީ އާއި ވާދަކުރި ސަފާވީ ރާޝިދްގެ ގޯލަކީ ވެސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ސެމީފައިނުލުގައި އަޝްފާގާއި ގުޔެން ގުއެންގް ހައިގެ ކުރިމަތިލުމަށް ވޯޓުލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލާފައިވާއިރު، މި ވޯޓުގެ ސުންގަޑިއަކީ އާދީއްތަ ދުވަހުގެ މެންދުރު 13:00 އެވެ. އަޝްފާގަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އޭއެފްސީ ވެބްސައިޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވީހާވެސް ގިނަ ދިވެހިން މި ވޯޓުގައި ބައިވެރިވެ އަޝްފާގަށް ވޯޓު ދިނުމަކީ އެދެވިގެންވާ ކަމެކެވެ. އަޝްފާގު ސެމީފައިނަލަށް ދަތުރު ކރުމުގައިވެސް ދިވެހި ސަޕޯޓަރުންގެ ހިއްސާ ވަރަށް ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް