ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން މަސައްކަތް ކުރި 1.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ މި މަސްތުވާތަކެއްޗަކީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު 12 ފަހަރެއްގެ މަތިން އެތެރެ ކުރަން އުޅެފައިވާ މަސްތުވާތަކެތި ކަމަށެވެ. މި މަސްުވާތަކެތީގެ ޖުމްލަ ބަރުދަނުގައި ބައި ކިލޯ ހުއްޓެވެ.
މި މަސްުވާތަކެތި ރާއްޖެ އެތެރެ ކޮށްފައިވަނީ ތިން ގައުމަކުންނެވެ. އޭގެ ތެރެއިން އިނގިރޭސިވިލާތުން ހަ ފަހަރު، ނެދަލޭންސްއިން ފަސް ފަހަރު އަދި އިތިއޯޕިއާއިން އެއް ފަހަރު ރާއްޖެއަށް މަސްތުވާތަކެތި ޕޯސްޓުކޮށްފައިވެ އެވެ.
ކަސްޓަމްސްއިން ބުނީ މި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބަޔަކު އަތުލައިގެންފައިވެ އެވެ. އެގޮތުން ދެ ފަހަަރެއްގެ މަތިން މީގެ ކުރިން ޕޯސްޓު މެދުވެރިކޮށް 200 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް