ކޯވިޑް-19 އަށް ރާއްޖެއިން އިތުރު42 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވީ މާލެއިން37 މީހަކާއި އަތޮޅު ތެރެއިން ފަސް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ27 ދިވެހިންނާއި 15 ބިދޭސީންނެވެ.
މިއަދު 1،524 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 931 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 35 މީހުންނަށެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 10،383 މީހުންނެވެ.
އަތޮޅު ތެރޭގެ 20 ރަރެއްގައި ކޯވިޑަށް ޕޮސިޓިވް 47 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 43 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
މީގެ އިތުރުން ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން 20 ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 30 މުވައްޒަފުންނާއި 22 ޓޫރިސްޓުންނެވެ.
މިއަދު ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19 އަށް 11،348 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 37 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް