ރިތިކް ރޯޝަންގެ މަންމަ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބޮލީވުޑް ބަތޮލު، ރިތިކް ރޯޝަންގެ މަންމަ ޕިންކީ ރޯޝަން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު ރިތިކްގެ ބައްޕަގެވެސް ޓެސްޓެއް ހަދާފައިވާއިރު އެމީހުން މިވަގުތު ތިބީ ކަންޑާލާގެ ފާމް ހައުސްއެއްގައި ކަ...

22 Oct 2020 | 14:59

ބޮލީވުޑް ބަތޮލު، ރިތިކް ރޯޝަންގެ މަންމަ ޕިންކީ ރޯޝަން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު ރިތިކްގެ ބައްޕަގެވެސް ޓެސްޓެއް ހަދާފައިވާއިރު އެމީހުން މިވަގުތު ތިބީ ކަންޑާލާގެ ފާމް ހައުސްއެއްގައި ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕިންކީ ރޯޝަން ޕޮޒިޓިވް ވި އިރު ރިތިކް މިވަގުތު ހުރީ އާއިލާއާއި ވަކިން އެހެން ތަނެއްގައެވެ.

މިވަގުތު ރިތިކް މަންމަގެ ހާލު ރަނގަޅު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި ޕިންކީ ޕޮޒިޓިވްކަން މީޑިއާއަށް މި އެނގުނީ ޕޮޒިޓިވް ވިތާ އެއް ހަފްތާ ފަހުން ކަމަށާއި މާދަމާވެސް ޓެސްޓެއް ހެދުމަށް ހަމަޖެހިފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރާކޭޝް ރޯޝަން އަދި ޕިންކީ ރޯޝަންގެ ތިބެނީ ދެ ދަރިންނެވެ. އެއީ ރިތިކް ރޯޝަން އާއި ސުނައިނާ ރޯޝަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް