ކޯލީޝަނުން ޖޭޕީ "އައުޓް" ވީތަ ؟

މިހާރު މި އޮތް ވެރިކަމަކީ ކޯލީޝަން ވެރިކަމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ފުޅާ ކޯލީޝަނެއްގެ ތެރެއިންނެވެ. އެއި އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްއާރު...

22 Oct 2020 | 14:35

މިހާރު މި އޮތް ވެރިކަމަކީ ކޯލީޝަން ވެރިކަމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ފުޅާ ކޯލީޝަނެއްގެ ތެރެއިންނެވެ. އެއި އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމް އެ ކޯލީޝަނެއްގައި ހިމެނޭ ކޯލީޝަނެވެ.

ސަރުކާރުގެ ކެބިނެޓުގެ ގޮނޑިތައް ވަރަށް އިންސާފުވެރިކޮށް ބަހާލާފައި އޮތީ ހުރިހާ ޕާޓީއެއް ރުހޭ ގޮތަށެވެ. އެގޮތުން ކެބިނެޓުން އެންމެ ގިނަ ސްލޮޓް ލިބުނު އެއް ޕާޓީއަކަށް ޖުމްހޫރީ ޕާޓީ، ވާއިރު މިއަދު މިވަނީ ވަރަށް ތަފާތު ކަމެއް ހިނގާފައެވެ. އެއީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް  އެމްޑީޕީއަށ ދިނުމެވެ. ހެލްތު މިނިސްޓަރު ކަމުން އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމު މިއަދު ދީފައިއެވަނީ އެމްޑީޕީއަށެވެ. އައްޔަން ކޮށްފައިއެވަނީ އަހްމަދު ނަސީމް (ކެރަފާ)އެވެ.

މިކަމުން ބޮޑު ސުވާލެއް މިވަނީ އުފެދިފައެވެ. އެއީ ކޯލީޝަނުން ޖުމްހޫރީ ޕާޓީ ބޭރުވީތޯ؟ އުފެދޭ ސުވާލެވެ. މި ސުވާލަށް އަދި ޖުމްހޫރީ ޕާޓީންވެސް ސަރުކާރުންވެސް ސީދާ އެއްޗެއް ނުބުނެއެވެ. ނަމަވެސް "ސްޕެކްޓޭޓާސް" ބުނަނީ މިއީ ޖޭޕީއަށް ލިބުނު މެސެޖެއް ކަމަށެވެ. ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކޯލީޝަނުން ޖޭޕީ ބޭރުވީތޯ ސުވާލުވެސް އުފައްދަމުންނެވެ.

މިވަރުގެ ކަމެއް މިގޮތަށް ހިނގާފައިވާއިރު މާޒީގައިވެސް، ފާއިތުވި ތިން ސަރުކާރުގައިވެސް ޖޭޕީއަށް ލިބިފައިވަނީ ފެން ކައްކާ ބޮލީގެ އިއްޒަތެވެ. އެންމެ ފުރަތަމަ ރައީސް ނަޝީދުވެސް ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީއާއި އެކުގައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ޖުމްހޫރީ ޕާޓީ ދުރަށްލިއެވެ. ރައީސް ވަހީދުގެ ސަރުކާވެސް އިސްތިސްނާ ނުވެގޮސް އެންމެ ފަހުން ވެރިކަމުގައި ހުންނެވި ރައީސް ޔާމީންގެ ސަރުކާރުވެސް އެކުލަވާލީ ޖުމްހޫރީ ޕާޓީއާއިއެކުގައެވެ. ނަމަވެސް ހަމަ އެހާމެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެފަހަރުވެސް ޖުމްހޫރީ ޕާޓީ "އައުޓް" ވީއެވެ.

އެހެންކަމުން މިއަދު އެ ޕާޓީއަށް ލިބިގެން މިދިޔަ މެސެޖަކީވެސް މި ކޯލީޝަނުން ޖުމްހޫރީ ޕާޓީ "އައުޓް" ވުމުގެ ކޮޅުމަތިކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް