ރޮނާލްޑޯ ދެވަނަ ސާމްޕަލުންވެސް ޕޮސިޓިވް، ބާސާ އާއި ދެކޮޅައް ނުކުޅެވޭނެ!

ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ޕޮސިޓިވް ވުމާއި ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ސްޕެއިންގެ ބާސެލޯނާއާއި ދެކޮޅަށް ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުގައި ރޮނާލްޑޯއަށް ނުކުޅެވޭނެއެވެ. ދެވަނަ ސާމްޕަލް އިނ...

22 Oct 2020 | 13:11

ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ޕޮސިޓިވް ވުމާއި ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ސްޕެއިންގެ ބާސެލޯނާއާއި ދެކޮޅަށް ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުގައި ރޮނާލްޑޯއަށް ނުކުޅެވޭނެއެވެ.

ދެވަނަ ސާމްޕަލް އިންވެސް ކޮވިޑް-19 އަށް ޕޮސިޓިވް ވެ ބާސެލޯނާއާއި ދެކޮޅަށް ނުކުޅެވޭނެ ކަން ޔުވެންޓަސްއިން ވެސް ކަށަވަރު ކޮށްދީފައިވާއިރު،  ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޑިނަމޯ ކިއޭވް އާއި ދެކޮޅަށް ޔުވެންޓަސް ކުޅެ 0-2 އިން މޮޅުވި މެޗުގައިވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.

ރޮނާލްޑޯއަށް އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސްއާއި ބައްދަލުކުރި މެޗަށް ފަހުގައެވެ. ކޮވިޑް-19 އަށް ޕޮސިޓިވް ވުމާއި ގުޅިގެން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީޓީމުން އެކަހެރި ކޮށްފައެވެ. ނޭޝަންސް ލީގުގައި ސްވިޑެންއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.

ދެވަނަ ސާމްޕަލް ވެސް ޕޮސިޓިވް ވުމާއި ގުޅިގެން އިތުރު 14 ދުވަހު ހޯމް އައިސޮލޭޝަންގައި ރޮނާލްޑޯ މަޑުކުރަން ޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް