އެމްޑަބްލިޔުއެސްސީން ރަސްދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާލައިފި

އެމް.ޑަބްލިޔު.އެސް.ސީއިން އއ. ރަސްދޫގައި ޤާއިމްކުރަމުންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެރަށުގެ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަ...

22 Oct 2020 | 12:21

އެމް.ޑަބްލިޔު.އެސް.ސީއިން އއ. ރަސްދޫގައި ޤާއިމްކުރަމުންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެރަށުގެ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އާއި އެމް.ޑަބްލިޔު.އެސް.ސީ އަދި ސްޓެލްކޯގެ ބޭފުޅުން މިއަދު އެރަށަށް ވަޑައިގެންނެވެ.  ކޮމިޝަން ކުރުމުގެ މަސައްކަތް މިއަދު ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އއ. ރަސްދޫގެ ފެނުގެ ނިޒާމުގެ މަޝްރޫޢަކީ 30 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޑަބްލިޔު.އެސް.ސީ. އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދެވުނު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން އއ. ރަސްދޫގެ ފެނުގެ ނިޒާމް ޑިޒައިންކޮށް، ރަށުގައި 6,288 މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް އެއް އަޅައި އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި، މިގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅާދެވިފައެވެ.

މީގެ އިތުރުން، އާރ،އޯ ފެސިލިޓީ ބިލްޑިންގ އެއް ޤާއިމްކޮށް، ފެން އުފެއްދުމަށްޓަކައި 2 އާރ، އޯ ޕްލާންޓް އާއި، ފެން ރައްކާކުރުމަށްޓަކައި 263 ޓަނުގެ 2 ތާންގީ އާއި ވާރޭފެން ސާފުކުރުމަށްޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމަކާއި، ވާރޭފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ 1 ތާންގީ ވަނީ ބެހެއްޓިފައެވެ. އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތަކާއި ސާމާނުތައްވެސް މި މަޝްރޫޢު ގެ ދަށުން ފޯރުކޮށްދެވޭނެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން އއ.ރަސްދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް