ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަންކޮށްފި

ހެލްތު މިނިސްޓަރުގެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމެއްގައި ހުންނެވި އަހުމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު އައްޔަން ކުރައްވައިފި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އި...

22 Oct 2020 | 11:19

ހެލްތު މިނިސްޓަރުގެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމެއްގައި ހުންނެވި އަހުމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ނަސީމް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ރައީސް ސޯލިހު ދެއްވާފައިވާ ކަމަށެވެ.

ނަސީމަކީ ހާރިޖީ ދާއިރާގައި ގިނަ ދުވަސް ވަންދެން މަސައްކަތް ވެސް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަސީމް ވަނީ ފޮރިން މިނިސްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވާފައިވާތީ އެވެ. އަމީން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާ ގުޅިގެން އާންމުގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

އަލަށް ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެވުނު ނަސީމު ވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް ނަސީމް ވަނީ ސިއްހީ އަދި ޓޫރިޒަމާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް