ޓީއެމްއޭގެ މަތިންދާބޯޓެއް މެދުފުށީ ކައިރިން އެކްސިޑެންޓްވެއްޖެ

ޓީއެމްއޭގެ މަތިންދާބޯޓެއް މެދުފުށީ ކައިރިން އެކްސިޑެންޓްވެއްޖެ އެވެ. މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 11:18 ހާއިރު ކަ...

22 Oct 2020 | 10:30

ޓީއެމްއޭގެ މަތިންދާބޯޓެއް މެދުފުށީ ކައިރިން އެކްސިޑެންޓްވެއްޖެ އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 11:18 ހާއިރު ކަމަށާއި އެކްސިޑެންޓު ހިނގާފައިވަނީ ޓީއެމްއޭ އިން އޮޕަރޭޓް ކުރި DHC-6 މަރުކާގެ މަތިންދާ ބޯޓެއް ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މެދުފުށި ވޯޓަރ އޭރޯޑްރޯމް ގެ ވޯޓަރ ރަންވޭ އަށް ޖެއްސުމަށް ފަހު، ފަޅުގައި އަޅާފައި އޮތް އުޅަދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑުން ޖެހިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ޙާދިސާގައި އެ ބޯޓުން ދަތުރުކުރި ޕަސެންޖަރަކަށް ވެސް އަދި ފަޅުވެރިއަކަށް ވެސް އަނިޔާއެއް ނުވާ ކަމަށާއި ނަމަވެސް ބޯޓުގެ ވާތް ފަރާތު ފިޔަގަނޑަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިންގ ކޮމިޓީ އާއި މޯލްޑިވްސސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން މި ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް