ދިފާއީ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އިންޑޯ ޕެސިފިކް އެލަޔަންސްއާ ގުޅުމުގެ ފުރުސަތު ލިބޭނެ: ޓެޕްލީޒް

އެމެރިކާއާއި ރާއްޖެއާ ދެމެދު ވެވޭ ދިފާއީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިންޑޯ-ޕެސިފިކް އެލަޔަންސްއާ ގުޅުމުގެ ފުރުސަތު ލިބި ރާއްޖޭގެ ސިފައިންގެ ގާބިލްކަން އިތުރުވާނެ ކަމަށް އެމެރިކާއިން ރާއްޖެއަށް ކ...

22 Oct 2020 | 09:03

އެމެރިކާއާއި ރާއްޖެއާ ދެމެދު ވެވޭ ދިފާއީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިންޑޯ-ޕެސިފިކް އެލަޔަންސްއާ ގުޅުމުގެ ފުރުސަތު ލިބި ރާއްޖޭގެ ސިފައިންގެ ގާބިލްކަން އިތުރުވާނެ ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެލީ ޓެޕްލީޒް ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ އޮންލައިން ނޫހެއް ކަމަށްވާ "ނިކީ އޭޝިއާ" އަށް މައުލޫމާތު ދެމުން ޓެޕްލީޒް ވިދާޅުވީ، ރާއްޖެ އާއި އެމެރިކާ ދެމެދު މިދިޔަ މެހު ވެވުނު ދިފާއީ އެއްބަސްވުމުގެ ސަބަބުން، އެމެރިކާ ސިފައިންނާ ގުޅިގެން ދިވެހި ސިފައިންނަށް އޮޕަރޭޝަންތަށް ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި މިހާރު ވެސް ރާއްޖެ އާއި އެމެރިކާގެ ގުޅިގެން ތަމްރީނީ ހަރަކާތްތަށް ހިންގާ ކަމަށް ޓެޕްލީޒް ވިދާޅުވި އެވެ. އަދި އިންސާނީ އެހީ ދިނުމާއި ކާރިސާތަކުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރަން މިދިޔަ އަހަރު ހިންގި "ޕެސިފިކް އެމްފީބިއަސް ލީޑާސް ސިމްފޯޒިއަމް"ގައި ރާއްޖޭގެ ސިފައިން ބައިވެރިވިކަން ޓެޕްލީޒް ވަކިން ފާހަގަކުރެއްވި އެވެ.

"އެ މީހުން (ރާއްޖޭގެ ސިފައިން) ވަނީ އެމެރިކާގެ މެރިންސް އާއެކު ތަމްރީނުތަކެއް ހަދައި ޑިފެންސް ޓެކްޓިކްސް ދަސްކޮށްފައި، އަދި އެމެރިކާގެ އެއާފޯސް އާ ގުޅިގެން މެޑިކަލް އެމެޖެންސީ ތަމްރީނުތަކެއް ވެސް ހަދާފައި" ޓެޕްލީސް ނިކީ އޭޝިއާއަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.

އެ ނޫހަށް އިތުރަށް މައުލޫމާތު ދެމުން ޓެޕްލީޒް ވިދާޅުވީ، ދެ ގައުމުގެ ދެމެދު ވެވޭ އެއްބަސްވުމުގެ ސަބަބުން، އިންޑޯ ޕެސިފިކް ސަރަހައްދަކީ ހުޅުވައިލެވިފައިވާ މިނިވަން ސަރަހައްދެއްގެ ގޮތުގައި ބާއްވަން އެމެރިކާ އިން އިސް ނަގައިގެން އުފައްދާފައިވާ އިންޑޯ- ޕެސިފިކް އެލަޔަންސާ ގުޅުމަށް މަގުފަހިވެގެންދާނެ އެވެ.

އިންޑޯ ޕެސިފިކް އެލަޔަންސްއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ އިސްނެގުމެއްގެ މަތިން އުފައްދާފައިވާ މިލިޓަރީ ކޯލިޝަން އެކެވެ. މި ކޯލިޝަންގެ މައިގަނޑު ބޭނުމަކީ އިންޑޯ ޕެސިފިކަކީ ޓްރޭޑުތަކަށް މިނިވަންކަމާއެކު ހުޅުވާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމާއި، އިންޑިއާގެ ކަނޑުގައި ގަދަވަމުންދާ ޗައިނާގެ ދިފާއީ ބާރު ކައުންޓާ ކުރުމެވެ.

އެެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އަންނަ ހަފްތާގައި މި ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް