އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޚިތާނީ ކޭމްޕުގައި ނަން ނޯޓު ކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޚިތާނީ މޫސުމާއި ގުޅިގެން އެ ހޮސްޕިޓަލުން ނެރެފައިވާ ނަން ނޯޓުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ 17 އޮކްޓޯބަރު ގައި ހުޅުވާލެވުނު ނަންނޯޓުކުރުމުގެ މަރުހަލާގެ އައު ސުންގަޑި މިހާރުވަނީ 28 އޮކްޓޯބަރު ވާ ބުދަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް އިތުރުކޮށްފައި ކަމަށެވެ.
ނަން ނޯޓްކުރުމާއި އިތުރު މައުލޫމާތު ހޯއްދެވުމަށް ދަރުމަވަންތަ ކޮމްޕްލެކްސްގެ 3 ވަނަ ފަންގިފިލާގައި ހުންނަ ސާރޖަރީ ކައުންޓަރަށް ހެނދުނު 08:00 ން 12:00 އާއި ދެމެދު ވަޑައިގަތުމުން ހަމަޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެެވ. އަދި 3335300 އަށް ގުޅުއްވުމުން ވެސް ނަން ނޯޓު ކުރުމާއި އިތުރު މަޢުލޫމާތު ލިބޭނެ ކަމަށް ވެސް އައިޖިއެމްއެޗުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް