މުސްތަގުބަލާ ގުޅޭ ކަންކަމުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލު މުހިންމު: ރައީސް

މުސްތަގުބަލާއި ގުޅޭ ކަންކަމުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލު ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ރ...

22 Oct 2020 | 08:09

މުސްތަގުބަލާއި ގުޅޭ ކަންކަމުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލު ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ ޒުވާނުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

ރައީސް ވިދާޅުވީ ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރެވޭނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެން ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު މުހިއްމު ކަމަށެވެ.

ރައީސްގެ ޓުވީޓުގައި ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ޒުވާނުންނަށް ފޮނުއްވާފައި އެވެ.

https://twitter.com/ibusolih/status/1319167127081791488

ޒުވާނުން ދުވަހުގެ ގޮތުގައި އޮކްޓޯބަރު 22 ވަނަ ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް