ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ދަރަނީގެ އަދަދަކީ 2.4 ބިލިއަން ރުފިޔާކަމަށް ރައްޔިތުންގެ މަޖިލީހުން ދަރަންޏާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓުގައި ބުނެފި އެވެ.
އެ ރިޕޯޓާ ގުޅިގެން އިއްޔެ ކުރިއަށް ދިއަ ބަހުސްގައި އަމިއްލަ ފަރާތްތަކުން ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނި އަނބުރާ ހޯދުމުގައި ކޯޓުތަކުން މެދުވެރިވާ ދަތިތަކާ ގުޅޭގޮތުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އެ ކަންބޮނޑުވުންތަށް އިޝާރަތް ކުރައްވާ މުޅި މަޖިލީހުގެ ކޮމިޓީގެ މުގައްރިރު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ދައްކަންޖެހި ނުދައްކާ ހުރި ދަރަނީގެ އަދަދަކީ 7.4 ބިލިއަން ރުފިޔާ ކަމަށެވެ. ނަޝީދު ވަނީ އަމިއްލަ ފަރާތްތަކުން ސަރުކާރުގެ ކުންފުނިތަކަށް ނުލިބި ހުރި ފައިސާގެ އަދަދު ވެސް ހާމަކުރައްވާފަ އެވެ.
އަމިއްލަ ފަރާތްތަކުން ސަރުކާރުގެ ކުންފުނިތަކަށް ނުލިބި ހުރި ފައިސާ:
1- ފެނަކައަށް: 115 މިލިއަން ރުފިޔާ
2- އެސްޓީއޯއަށް: 280 މިލިއަން ރުފިޔާ
3- ސްޓެލްކޯއަށް: 266 މިލިއަން ރުފިޔާ
4- އެމްޓީސީސީއަށް: 213 މިލިއަން ރުފިޔާ
5- ޕޯޓްސް އޮތޯރިޓީއަށް: 16 މިލިއަން ރުފިޔާ
6- އައިއޭއެސްއެލްއަށް: 210 މިލިއަން
7- މޯލްޑިވްސް ސެންޓާ ފޮ އިސްލާމިކް ފައިނޭންސްއަށް: - 410،000 ރުފިޔާ
8- އެމްއޭސީއެލްއަށް: 189 މިލިއަން ރުފިޔާ
9- އެމްއެމްޕީއާރުސީއަށް: - 4.8 މިލިއަން ރުފިޔާ
10- އެޗްޑީސީއަށް: 717 މިލިއަން ރުފިޔާ
11- އެމްޑަބްލިޔުއެސްސީއަށް: 306 މިލިއަން ރުފިޔާ
އަމިއްލަ ފަރާތްތަކުން ސަރުކާރުގެ ކުންފުނިތަކަށް ދަރާފައިވާ ދަރަނީގެ ތަފްސީލު ދިނުމަށްފަހު ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަނި މިހާ ބޮޑުވެ ދަތިވެގެން އުޅޭއިރު މަޖިލީހުގެ މެމްބަރުން މި ދަރަނިތަށް އަދާކުރަން ޖެހޭ ފަރާތްތަކުގެ ގެއަށް ގޮސްގެން ކަމަށް ވިޔަސް ފައިސާ އަނބުރާ ހޯދޭތޯ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް