ހުޅުމާލޭގައި ޕްލާސްޓިކް ކުނި އެޅުމަށް ހާއްސަކޮށް ތިން ސަރަހައްދެއްގައި ޑަސްޓްބިން ތަކެއް ބަހައްޓައިފި އެވެ.
މި ޑަސްޓްބިންތައް ބަހައްޓާފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ޕާލޭ މޯލްޑިވްސް ގުޅިގެންނެވެ. މި ޑަސްޓްބިންތައް ބަހައްޓާފައިވަނީ ހުޅުމާލޭ ނެއިބަހޫޑް-1 "ކިކްސް ކެފޭ" ކުރިމަތީގައި، ނެއިބަހޫޑް-2 "ސްޕައިސް ކެފޭ" ކުރިމަތީގައި އަދި ނެއިބަހޫޑް-3 "ރިވެތި ބީޗް ގެސްޓް ހައުސް" ކުރިމަތީގައި އެވެ.
އެޗްޑީސީން ބުނީ އެ ޖަމިއްޔާ އާއި ގުޅިގެން ޑަސްބިންތަކެއް ބެހެއްޓީ ހުޅުމާލޭގައި ޕްލާސްޓިކް ގެންގުޅޭ މިންވަރު މަދު ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތަކަށް ވާތީ ކަމަށް ބުނެ އެވެ.
އެޗްޑީސީން ބުނީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ ކުނި އެޅުމަށާއި ގޮނޑުދޮަށްތައް ސާފުކޮށް ބޭއްވުމަށް އާންމުން މި ޑަސްޓްބިން ތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ޕާލޭ މޯލްޑިވްސް އާއި ގުޅިގެން އެޗްޑީސީން ކުރިޔަށް އޮތްތާ އިތުރު ހަރަކާތްތަކެއް ހިންގާނެ ކަމަށް ބުނެ އެވެ. އެގޮތުން ތިމާވެށި ހިމާޔަތް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރިޔަށް އޮތްތާ ހިންގާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް