ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލޭ ގެއައަކުން ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ހައްޔަރު ކުރި ދެމީހުންނަކީ 27 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއް ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑ) އާއި ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ގުޅިގެންނެވެ.
މަސްތުވާތަކެއްޗާއެކު އެ ދެމީހުން ހައްޔަރުކުރީ މައްޗަންގޯޅި ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރުމުގެ ތެރެއިންނެވެ. އެ ބަލައި ފާސް ކުރުމުގެ ތެރެއިން ފުލުހުންނަށް ވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ޖޫސްޕެޓީ ކޮތަޅާއި 75 ރަބަރު ޕެކެޓާއި 841 ގުޅަ މަނާބޭސް ފެނިފަ އެވެ.
މި މައްސަލަ މިހާރު ޑީއީޑީ ގެނދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފާއިތުވި ދުވަސް ތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ފުލުހުން ވަނީ ހިންގާފަ އެވެ. އަދި އެއިން ބައެއް އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބޮޑެތި ސޮޓޮކުތަށް ފުލުހުން ވަނީ އަތުލައިގަނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް