އޭޝިއާ ބައްރުގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމްގެ އެއް ފައާ ކަމަށްވާ އައިޓީބީ ފެއާގައި ރާއްޖެއިން ވާޗުއަލްކޮ ކޮށް ބައިވެރިވެއްޖެ އެވެ.
މި މަހު 21 ގައި ރާއްޖެއިން ބައިވެރިވި މި ފެއާ މި މަހު 23 ނިމޭނެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނި ގޮތުގައި މި ފެއާގައި ރާއްޖެއިން 17 ކުންފުންޏެއް ވަނީ ބައިވެރިވެފަ އެވެ. އަދި އެ ހުރިހާ ކުންފުނިތަކުން ވެސް ރާއްޖޭގެ ގުދުރަތީ ރީތިކަން އިސްތިހާރު ކުރާނެ އެވެ. އެމްއެމްޕީއާރްސީއިން މި ފެއާ ހުޅުވާލީ ކުދި ޓޫރިޒަމާ ގުޅުން ހުރި ކުންފުނިތަކަށެވެ. އެއީ 10 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އެވެ.
އެމްއެމްޕީއާރުސީއިން އައިޓީބީ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ކުންފުނިތަކަށް ހުޅުވާލިއިރު ހަމައެކަނި އޭޝިއާ ބައްރުން 11،581 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. އެހެންކަމުން އައިޓީބީ ފެއާއަށް ފަހު އޭޝިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އައިޓީބީއަކީ ދުނިޔޭގައި އެންމެ ފުޅާކޮށް ބާއްވާ ފެއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް