ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް: ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ގްރޫޕް ސްޓޭޖުގެ ފަުމެޗުތަކުގެ ކުޅުން ރޭ ނިމި މި މުބާރާތުގެ ކުއާޓާ ފައިނަލްއަށް ދަތުރު ކުރި ޓީމުތައ...

22 Oct 2020 | 03:55

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ގްރޫޕް ސްޓޭޖުގެ ފަުމެޗުތަކުގެ ކުޅުން ރޭ ނިމި މި މުބާރާތުގެ ކުއާޓާ ފައިނަލްއަށް ދަތުރު ކުރި ޓީމުތައް ކަށަވަރު ވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ ފަހު ދެ މެޗު ރޭ ކުލެވުނު އިރު، ގްރޫޕް އޭގެ ގޯޅި ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ކިލާ ބައްދަލުކުރި މެޗު ވަނީ 7-7 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އަދި ގްރޫޕް ބީގެ ރޯޔަސް އެފްސީ އާއި ސުޕަސްޓާރ ބައްދަލުކުރި މެޗު 6-7 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ސުޕަސްޓާރ އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން ފުރު ސަތު ގެއްލިފައިވަނީ ޑޭންޖަރަސް ބޯއީޒް އާއި ރޯޔަލް އެފްސީއަށެވެ. މިއިން އެއްވެސް ޓީމަކަށް ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ގްރޫޕް އޭ އިން ކުއާޓާ ފައިނަލް ކަށަވަރުކުރި ޓީމު ތަކަކީ:

ޑީޑީއެފް ދި ޖެނެރޭޝަން ( ގްރޫޕް އެއްވަނަ )

ގޯޅި ސްޕޯޓްސް ކުލަބު ( ގްރޫޕް ދެވަނަ )

އައުޓްރީފް ސްޕޯޓްސް ކުލަބު ( ގްރޫޕް ތިންވަނަ)

ޔުނައިޓެޑް ކިލާ ( ގްރޫޕް ހަތަރުވަނަ)

ގްރޫޕް ބީ އިން ކުއާޓާ ފައިނަލް ކަށަވަރު ކުރި ޓީމުތަށް:

ކަންމަތީ ސްޕޯޓްސް ކުލަބު ( ގްރޫޕް އެއްވަނަ )

ގޯޅި ޖޭއާރު ( ގްރޫޕް ދެވަނަ )

ސުޕަސްޓާރ ( ގްރޫޕް ތިންވަނަ)

ޑީކޭއެންޒެޑް ( ގްރޫޕް ހަތަރުވަނަ)

މި މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ފަސާނީ މިމަހުގެ 23 ވާ ހުކުރު ދުވަހުގެ ރޭ ގައެވެ. އެރޭ 20:30 ގައި ކުޅެވޭ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީޑީއެފް އާއި ޑީކޭއެންޒެޑް އެވެ. އަދި އެރޭ ކުޅޭ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކަންމަތި ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ކިލާއެވެ. މި މެޗު ފަށާނީ އެރޭ 21:30 ގައެވެ.

ކުއާޓާ ފައިނަލްގެ އަނެއް ދެމެޗު ކުޅޭނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުރޭގައެވެ. އެރޭ20:30 ގައި ފުރަތަމަ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގޯޅި ސްޕޯޓްސް ކުލަބާއި ސުޕަސްޓާރ އެވެ. އަދި އެރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޯޅި ޖޭއާރު އާއި އައުޓްރީފް ސްޕޯޓްސް ކުލަބެވެ. މި މެޗު ފަށާނީ އެރޭ 21:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް