ޗެމްޕިއަންސް ލީގް: އަޔެކްސް ބައިކޮޅަށް ވައްދާލި ލަނޑުން ލިވަޕޫލް މޮޅުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަޔެކްސްއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި އަޔެކްސްއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 0-1 ގެ ނަތިޖާއިންނެވެ. ރޭގެ މެޗުގައި ދެ...

22 Oct 2020 | 03:22

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަޔެކްސްއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އަޔެކްސްއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 0-1 ގެ ނަތިޖާއިންނެވެ.

ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑަކީ އަޔެކްސްގެ ޑިފެންޑަރ ނިކޮލަސް ޓަގްލިއަފިކޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑު ވަނީ ލިވަޕޫލްގެ ފޯވާޑް މާނޭ އަޔެކްސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެއް ޓަގްލިއަފިކޯ ދިފާއުކުރަން އުޅުމުގެ ތެރޭގަ އޭނާގެ ފައިގައި ޖެހިފައެވެ.

މި ލަނޑަށް ފަހު ވެސް ދެޓީމުންވެސް ލަނޑު ޖަހަން މަސައްކަތް ކުރި އިރު، ދެޓީމަށް ވެސް ވަނީ ލަނޑުޖަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފަހުހާފަށް ކުޅެން ނިކުމެވެސް ދެޓީމުންވެސް ވަނީ ގިނަ ހަލާތަކެއް ގޯލާއަމާޒުކޮށްފައެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށް ވެގެން ގޮސްފައިވަނީ ދެޓީމުގެވެސް ގޯލް ކީޕަރުންނެވެ.

އަޔެކްސް އަތުން ބައިކޮޅަށް ވަތް މި ލަނޑު ލިވަޕޫލް މޮޅުވއިރު، މި ގްރޫޕުގެ އިތުރު މެޗެއް ވެސް ރޭ ވަނީ ކުޅެފައެވެ. އެއީ އެފްސީ މިޑްޓްލިޔަލެންޑާއި އެޓަލާންޓާގެ މެޗެވެ. މި މެޗު 0-4 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެޓަލާންޓާއެވެ. މި މެޗުގައި އެޓަލާންތާގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޑިވަން ޒަޕާޓާ، އަލެހަންޑްރޯ ގޯމޭޒް، ލުއިސް މުރިއެލްގެ އިތުރުން ކްރިސްޓިއަން ރޮމޭރޯއެވެ.

ރޭގެ މި ނަތީޖާތަކާއި އެކު ގްރޫޕް ޑީގެ އެއްވަނަ ލިބެނީ އެޓަލާންޓާ އަށެވެ. އަދި ދެވަނަ ލިބެނީ ލިވަޕޫލް އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް