ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރި މީހަކަށްމަރުގެ ހުކުމް އިއްވައިފި

ޕާކިސްތާނުގައި އިސްލާމް ދީނަށް ފުރައްސާރަކުރި މީހަކަށް މަރުގެ ހުކުމް އިއްވައިފިއެވެ. މި ހުކުމް އިއްޔެ އިއްވާފައިވަނީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ލައްޔާ ޑިސްޓްރިކްޓްގެ އަމީން ނަމަކަށް ކިޔާ މީހެއ...

22 Oct 2020 | 03:11

ޕާކިސްތާނުގައި އިސްލާމް ދީނަށް ފުރައްސާރަކުރި މީހަކަށް މަރުގެ ހުކުމް އިއްވައިފިއެވެ.

މި ހުކުމް އިއްޔެ އިއްވާފައިވަނީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ލައްޔާ ޑިސްޓްރިކްޓްގެ އަމީން ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

މީގެ ދެ އަހަރު ކުރިން އަމީން ހައްޔަރުކޮށްފައިވަނީ ދީނަށް ފުރައްސާރަ ކުރިކަމުގެ ކުށުގައެވެ. އެ ކުށް އަމީންގެ މައްޗަށް އިއްޔެ ސާބިތުވުމުން އޭނާ މަރަން ހުކުމްކޮށް 3085 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.

ޕާކިސްތާނުގައި ބައެއް ކުށްތަކަށް މަރުގެ ހުކުމް އިއްވާ އަދި މަރުގެ ހުކުމް ތަންފީޒުވެސްކުރެއެވެ. އެގޮތުން 2014 އިން ފެށިގެން 2018 ގެ ނިޔަލަށް ގާތްގަނޑަކަށް 500 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް