ސަންޖޭ ދަތު ކެންސަރުން ރަނގަޅުވެއްޖެ

ބޮލީވުޑް ބަތޮލު، ސަންޖޭ ދަތު ކެންސަރުން ރަނގަޅުވެފައިވާކަމުގައި އޭނާ ބުނެފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ދަރިންގެ އުފަންދުވަހާވެސް ދިމާކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްފައިވާ މެސެޖެއްގައެވެ. އ...

22 Oct 2020 | 02:39

ބޮލީވުޑް ބަތޮލު، ސަންޖޭ ދަތު ކެންސަރުން ރަނގަޅުވެފައިވާކަމުގައި އޭނާ ބުނެފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ދަރިންގެ އުފަންދުވަހާވެސް ދިމާކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްފައިވާ މެސެޖެއްގައެވެ.

އެ މެސެޖުގައި ސަންޖޭ ދަތު ބުނެފައިވަނީ ފާއިތުވި ހަފްތާތަކުގައި ވަރަށް ދަތި އުނދަގޫކަން ތަހަންމަލުކުރަންޖެހުނު ކަމަށާއި ނަމަވެސް ކެންސަރުގެ މައްޗަށް ކާމިޔާބު ހޯދިފައިވާކަމަށެވެ.

ސަންޖޭ ދަތަށް ކެންސަރު ޖެހުނުކަން ހާމަކުރީ މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އޭރު ރިޕޯޓުކޮށްފައިވާގޮތުގައި ސަންޖޭ ދަތަށް ޖެހިފައިވަނީ ފުއްޕާމޭގެ ކެންސަރެވެ.

ސަންޖޭ ދަތު ކެންސަރުން ރަނގަޅުވެފައިވާއިރު ކެންސަރުގެ ފަރުވާއަށް ފިލްމީ ދާއިރާއާއި ކުޑަކޮށް ދުރަށްޖެހިލިއިރު ކޭޖީއެފް 2 ގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. ކެންސަރުން ރަނގަޅުވުމުން އެ ފިލްމުގެ މަސައްކަތް އަލުން ފަށާނެ ކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް