ޗެމްޕިއަންސް ލީގް: އެތްލެޓިކޯ އަތުން ބަޔާންއަށް ފަސޭހަ މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ޖަރުމަންގެ ބަޔާން މިޔުނިކް އިން ކާމިޔާބު ކޮށްފިއެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި...

22 Oct 2020 | 02:23

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ޖަރުމަންގެ ބަޔާން މިޔުނިކް އިން ކާމިޔާބު ކޮށްފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއިންނެވެ.

ބަޔާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގިވެސް ބަޔާންއިންނެވެ. ބަޔާން އިން ލީޑުނެގި ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލެއޮން ގޮރެޒްކާއެވެ.

ބަޔާންއިން ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު ކާމިޔާބު ކުރީ ފަހު ހާފުގެ 66 ވަނަ މިނެޓުގައި ކޮރެންޓިން ޓޮލީސޯއެވެ. އަދި ބަޔާންގެ ހަތަރުވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ކިންގްސްލީ ކޯމަންއެވެ.

ރޭގެ މި މޮޅާއި އެކު ލިބުނު ތިން ޕޮއިންޓާއި އެކު ބަޔާންއިން ވަނީ އެޓީމު ހިމެނޭ ގްރޫޕް އޭގެ އެއްވަނައަށް ޖެހިލާފައެވެ.

ރޭ މިގްރޫޕުގެ އިތުރު މެޗެއް ވެސް ވަނީ ކުޅެފައެވެ. އެއީ ސާލްސްބާގް އާއި ލޮކޮމޯޓިވް މޮސްކޯ ބައްދަލުކުރި މެޗެވެ. މި މެޗު ނިމިގެން ދިޔައީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް