އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ، ވިޔަފާރިވެރިޔާ، މޮޑެލް އަދި މީޑިއާ ޕާސަނަލިޓީ ކެޓީ ޕްރައިސް އަދި އޭނާގެ ލޯބިވެރިޔާ ކާލް ވުޑްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ހަ ވަނަ ދަރިއަކު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފިއެވެ.
އެގޮތުން ރާއްޖޭގައި ހުރެ އެ ގައުމުގެ ބައެއް ނޫސްތަކަށް މައުލޫމާތުދެމުން ކެޓީ ބުނެފައިވަނީ ދޭތެރެ ދުރުކުރުމުގެ ބޭސް ކެއުން ހުއްޓާލާފައިވާކަމަށާއި ހަ ވަނަ ދަރިއަކު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ކެޓީ ޕްރައިސް އަކީ މިހާރުވެސް ފަސް ދަރިންގެ މަންމައެކެވެ. ކުރިން ތިން ކައިވެންޏެއް ކޮށްފައިވެއެވެ. މިހާރުގެ ލޯބިވެރިޔާއާއި ކައިވެނިކުރާނެކަންވެސް ރާއްޖޭގައި ހުރެ އޭނާ ވަނީ ހާމަކޮށްފައެވެ.
ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލިފަހުން، ގިނަ އަދަދެއްގެ ތަރިން ރާއްޖެ އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބޮލީވުޑް އަދި ހޮލީވުޑްގެ ތަރިން މިހާރުވެސް ރާއްޖޭގައި އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް