ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރ ޝާން ކޮވިޑް-19 އަށް ފައްސިވެއްޖެ

ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ޑރ.ޝާން މިކަން ހާމަކުރައްވާފައި ޥަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑރ.ޝާން ފޭސްބުކް ގައި ކިރެއްވި މި ޕޯސްޓިގައި މ...

21 Oct 2020 | 19:23

ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޑރ.ޝާން މިކަން ހާމަކުރައްވާފައި ޥަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ.ޝާން ފޭސްބުކް ގައި ކިރެއްވި މި ޕޯސްޓިގައި މިކަން ކަށަވަރު ކޮށްދީފައިވާއިރު، ޑޮކްޓަރ ޝާން ވަނީ މިދަނޑިވަޅުގައި ވެސް އޭނާއަށް ރަހުމަތްތެރިންނާއި އާއިލާ މެންބަރުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ޑރ.ޝާން އަކީ ރާއްޖޭގެ ގިނަ ބަޔެއްގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

ރާއްޖެ އިން މިއަދު ވަނީ އިތުރު 45 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11316 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް