ޕީސް ފައުންޑޭޝަންގެ ދަޢުވަތަކަށް އައްޝައިހް ޙުސައިން ޔީ ރާއްޖެވަޑައި ގަންނަވަނީ !

ޕީސްފައުންޑޭޝަންގެ ދަޢުވަތަކަށް ދުނިޔޭގެ މައްޝޫރު ދީނީ ޢިލްމުވެރިޔާ މެލޭޝިއާގެ އައްޝައިހް ޙުސައިން ޔީ ޑިސެމްބަރ 25-30ށް ރާއްޖެ ވަޑައި ގަންނަވަނަވާގޮތައް ހަމަޖެހިފައިވާކަމަށް އެ ފައުންޑޭޝަނުން ހާމަކޮށް...

22 Oct 2017 | 06:15

ޕީސްފައުންޑޭޝަންގެ ދަޢުވަތަކަށް ދުނިޔޭގެ މައްޝޫރު ދީނީ ޢިލްމުވެރިޔާ މެލޭޝިއާގެ އައްޝައިހް ޙުސައިން ޔީ ޑިސެމްބަރ 25-30ށް ރާއްޖެ ވަޑައި ގަންނަވަނަވާގޮތައް ހަމަޖެހިފައިވާކަމަށް އެ ފައުންޑޭޝަނުން ހާމަކޮށްފި އެވެ.

"ޕީސް ފައުންޑޭޝަނުން ދަނީ ސިލްސިލާކޮށް ބާއްވާ "ދަ ލެގަސީ" އިވެންޓެއް ޑިސެމްބަރ 28 އަދި 29 ގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި އިވެނޓުގައި އައްޝައިހް ޙުސައިން ޔީ ތަޤްރީރު ކުރައްވާނެއެވެ. މީގެ އިތުރުން، ޝައިޚްގެ ދަތުރުގައި ޒުވާނުންނަ ޚާއްސަ ހަރަކާތްތަކާއި ވޯރކްޝޮޕެއްވެސް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ." ޕީސް ފައުންޑޭޝަނުން ބުނެފައި ވެ އެވެ.

އެ ފައުންޑޭޝަނުން ބުނެފައިވަނީ ކުރިންވެސް ގިނަ ޢާމުންނާއި ވިޔަފާރިތަކުގެ ތަރުހީބު ލިބުނު "ދަ ލެގަސީ" އިވެންޓް ސްޕޮންސަރ ކުރުމަށް މިހާރުވަނީ ހުޅުވާލެވިފައި ކަމަށާއި އަދި ގިނަ ބަޔަކު ދަނީ ސްޕޮންސަރ ކުރުމަށް ޝައުގެވެރިކަން ފާޅު ކުރަމުން ކަމަށެވެ.

"މެލޭޝިއާގެ ޗައިނީސް ބުޑިސްޓް ޢާއިލާއަކަށް އުފަން އައްޝައިޚް ޙުސައިން ޔީ އަކީ 60ގެ އަހަރުތަކުގެ ފަހުކޮޅުގައި އިސްލާމްވެ ވަޑައިގެން ސަޢޫދީ ޢަރަބިޔާގެ  އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޙަދީޘް ޢިލްމު އުގެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެދުވަސްވަރު އުޅުއްވި 20 ވަނަ ޤަރުނުގެ މަޝްހޫރު ޙަދީޘް ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް ނާޞިރުއްދީން އަލް-އަލްބާނީ ގެ އަރިހުން ކިޔަވާ ވިދާޅުުމުގެ ޝަރަފު ލިބިވަޑައިގެން ވާ ބޭފުޅެކެވެ. އައްޝައިޚް ޙުސައިން ޔީ އަކީ މެލޭޝިއާގައި ފުޅާދާއިރާއެއްގައި ދަޢުވަތުގެ ޙަރަކާތްތައް ހިންގާ "އަލް-ޚާދިމް" ގެ ފައުންޑަރ އަދި ރައީސްއެވެ." ޕީސް ފައުންޑޭޝަން އިން ބުނެފައި ވެ އެވެ

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން މި ހިގާ 2017 ވަނަ އަހަރުވެސް ވަރަށްތަފާތު ޙަރަކާތްތަކެއް ހިންގާފައި ވެއެވެ. އެގޮތުން "ނަމޫނާ" ގެ ނަމުގައި ހިންގާ ފަންނީ ތަމްރީން ޕްރޮގްރާމާއި "ދަ ލެގަސީ" އަދި "ޕެބްލްސް ފެމެލީ ހަވީރު" ފާހަކަ ކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް