ކުޑަ ދަރިފުޅު ރޯއަޑުތަކުން ދޭހަވަނީ ކޮންކަންތައްތަކެއް؟

ކުއްޖާ ދުނިޔެއަށް އުފަންވާތާ ދެތިން ހަފްތާވާއިރު ގިނަ މައިންބަފައިންނަށް ދަރިފުޅުގެ ހަރަކާތްތަކުން އޭނާ ބޭނުންވާ ކަންތައްތަށް ނަގައިގަނެވެއެވެ. ކުޑަދަރިފުޅަށް ވާހަކަ ނުދެއްކުނަސްވެސް އެކުދިން މައިންބަ...

21 Oct 2017 | 23:36

ކުއްޖާ ދުނިޔެއަށް އުފަންވާތާ ދެތިން ހަފްތާވާއިރު ގިނަ މައިންބަފައިންނަށް ދަރިފުޅުގެ ހަރަކާތްތަކުން އޭނާ ބޭނުންވާ ކަންތައްތަށް ނަގައިގަނެވެއެވެ. ކުޑަދަރިފުޅަށް ވާހަކަ ނުދެއްކުނަސްވެސް އެކުދިން މައިންބަފައިންނާއި ގެންގުޅޭ މީހުންނާއި މުޢާމަލާތު ކުރެއެވެ. ނުވަތަ މުޢާމަލާތު ކުރަން މަސައްކަތް ކުރެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ކުއްޖަކުވެސް ހަޔާތުގެ ފުރަތަމަ މަސްތަކުގައި ކަންކަން އަންގައިދޭން ބޭނުން ކުރާ އަޑުތައް އެއްގޮތެވެ. އެކުދިން ބޭނުންވާ ކޮންމެ ކަމަކަށް ވަކި އަޑެއް ލައްވައެވެ. އަދި ހުރިހާ ކުދިންވެސް އެއްކަމަކަށް ލައްވަނީ އެއްވައްތަރު އަޑެކެވެ. މީގެ ތެރޭގައި ހިމެނެނީ މައިގަ ނޑު ފަސް ވައްތަރެއްގެ އަޑެކެވެ.

"ނެހް" ނުވަތަ "ނަހް" (NEH)

މިއީ ކުޑަދަރިފުޅު ބަ ނޑުހައިވުމުން ލައްވާ އަޑެއްކަމުގައި ދިރާސާތަކުން ދައްކައެވެ. މިއަޑު ނިކުންނަން ދިމާވަނީ ކުޑަދަރިފުޅު ބަ ނޑުހައިވުމުން އޭނާގެ ދޫ މަތީތަލީގައި ޖެހުމުން ކަމަށް ބުނެވެއެވެ. މީގެ ކުރިންވެސް ބަ ނޑުހައިވިކަން ދެނެގަނެވޭނެފަދަ ގޮތްގޮތަށް ކުޑަދަރިފުޅުގެ އުޅުން ހުރެއެވެ. މިސާލަކަށް އަތާއި، އަތުގައި ހުންނަ އެއްޗެހި ބޯންފެށުމާއި، މަންމަގެ އުރަމަތި ހޯދަން އުޅުމާއި، ކިރު ބުއިމަށް ބާއްވާގޮތަށް އޮވެވޭތޯ އުޅުމެވެ.

"ހެހް" (HEH)

މިއަޑު ލައްވަނީ އަނގަ ހުޅުވައިގެން ހުރެ ކުރުކުރުކޮށެވެ. މިއީ ކުޑަދަރިފުޅަށް އުނދަގޫތަކެއްވާތީ ލައްވާ އަޑެކެވެ. ދަރިފުޅު ބޭނުންވަނީ އެހެން ގޮތަކަށް އޮންނަން ނުވަތަ ނެޕީ ބަދަލު ކުރަން ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ފިނިވަނީ ކަމުގައިވެސް ވެދާނެއެވެ. ކުޑަދަރިފުޅު އެދެމުންދާ ކަމެއް ރަނގަޅު ކޮށްދެންދެން ގިނަފަހަރު މިގޮތަށް ރޮއެވެ.

“ އެއާރ" (EAIR)

މިއީ އެހެން އަޑުތަކަށް ވުރެ ނަގައިގަންނަން އުނދަގޫ އަޑެކެވެ. ނަމަވެސް މިއަޑުލައްވަމުން ކުޑަދަރިފުޅުގެ ހަރަކާތުންވެސް ވެގެން އުޅޭގޮތް ދެނެގެނެވޭނެއެވެ. މިއަޑު ލައްވާއިރު ގިނަފަހަރު ދަރިފުޅުގެ ކަކޫ ނުވަތަ ފައި މައްޗަށް ނަގައިފައި ތިރިކޮށް ހަދައެވެ. އަދި ދަރިފުޅުގެ މޫނުންވެސް އޭނާއަށް ވަމުންދާ އުނދަގޫ ދޭހަވާނެއެވެ. ވެގެން އުޅޭ ގޮތަކީ ކުޑަދަރިފުޅު ވައިބޭރުކުރަން ބޭނުންވީއެވެ.

" އެހް" (EH)

މިއަޑުވެސް ލައްވަނީ ކުޑަދަރިފުޅު ވައިބޭރުކުރަން ބޭނުންވީމައެވެ. އެކަމަކު މިއީ ހަށިގަނޑުގެ މަތީބައިގައި އުފެދޭ ގޭހެވެ. މިގޭސް ބޭރުކުރަން މަސައްކަތް ކުރުން އެންމެ ރަނގަޅީ ކުޑަދަރިފުޅުގެ އަނގައިންނެވެ.

"އާވްހ" (OWH)

ގިނަފަހަރު މިއަޑުލައްވަނީ ހާފުރެމުންދާ ވަގުތުގައެވެ. ބައެއްފަހަރު މިއަޑުލައްވަމުން ލޯވެސް އުނގުޅައެވެ. މިއީ ކުޑަދަރިފުޅު ނިދިއައުމުން ލައްވާ އަޑެކެވެ. މި އަޑުތަށް ނަގައިގަތުމުގައި ވިސްނަންވީ އެ 'ބަހެއް' ނުވަތަ އެ އަޑެއް ފެށެނީ ކޮން އަކުރަކުންތޯއެވެ. އެއީ ހުރިހާއަޑެއްގައި އެތްގޮތެއް ހުރިނަމަވެސް ތަފާތުކުރަން ފަސޭހަވާނީ މިގޮތުންކަމުގައި ވާތީއެވެ. އަދި ހަނދާން ބަހައްޓަންވީކަމަކީ މިނޫނަސްވެސް ކުޑަދަރިފުޅު ރޯ ކިތަންމެ ވައްތަރެއްގެ އަޑުތަށް ހުންނާނޭކަމެވެ. އަދި ބައެއްފަހަރު އޭނާ ލައްވާއަޑު ނަގައިގަތުމަކީ އުނދަގޫ ކަމެއްކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް