އައިފޯނު އަޕްގްރޭޑް ޕްރޮގްރާމުގެ މެމްބަރުންނަށް މިއީ އުފާވެރި ހަބަރެއް !

އައިފޯނު 10 ނުވަތަ އައިފޯނު އެކްސް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހު ހުޅުވާލަން ހަމަޖެހިފައިވާއިރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ އައިފޯނު 10ގެ ސަޕްލައި އަށްވުރެ ޑިމާންޑް މަތި...

21 Oct 2017 | 22:19

އައިފޯނު 10 ނުވަތަ އައިފޯނު އެކްސް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހު ހުޅުވާލަން ހަމަޖެހިފައިވާއިރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ އައިފޯނު 10ގެ ސަޕްލައި އަށްވުރެ ޑިމާންޑް މަތިވެގެން ދާނެ ކަމުގެ ވާހަކަ އެވެ. އޯޑަރު ކުރާ މިންވަރަށް އައިފޯނު 10 ނުއުފެއްދި ދާނެ ކަމަށް ދެކެވޭ ވާހަކަ އެވެ.

އެހެންކަމުން ޕްރީ އޯޑަރު ކުރާ ފަރާތްތަކަށް އައިފޯނު ލިބުން ލަސްވެގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށް ވަނީ ވެފަ އެވެ. ނުވަތަ ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ލިބުން ފަސްވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މިވަނީ ވެފަ އެވެ.

އެހެން ނަމަވެސް އައިފޯނު އަޕްގްރޭޑް ޕްރޮގްރާމްގެ މެމްބަރުންނަށް އެޕަލްއިން މިވަނީ އުފާވެރި ހަބަރެއް ދީފަ އެވެ. އެއީ އެފަރާތްތަކަށް މި މާދަމައިން ފެށިގެން އައިފޯނު 10 ޕްރީ އޯޑަރު ކުރެވޭނެ ކަމުގެ އުފާވެރި ހަބަރެވެ.

އެޕަލްއިން މިކަން އިއުލާނު ކޮށްފައިވާއިރު މި ފުރުސަތު ލިބެނީ ކުރިން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރާތްތަކަށެވެ. އަލަށް ބައިވެރިވާ ފަރާތްތަކަށް މި ފުރުސަތެއް ނެތެވެ.

މި ޕްރޮގްރާމްގެ ދަށުން އައިފޯނު 10އަށް ޕްރީ އޯޑަރު ކުރިނަމަވެސް މި ފަރާތްތަކަށްވެސް އައިފޯނު 10 ލިބޭނީ އެހެން ކަސްޓަމަރުންނަށްވެސް ލިބޭ ތާރީހުތަކުގަ އެވެ. އެހެންނަމަވެސް ކުރިން ޕްރީ އޯޑަރު ކުރެވޭތީ އައިފޯނު 10 ލިބުމުގެ ފުރުސަތު މި ފަރާތްތަކަށް ކަށަވަރުވެގެންދާ ކަމަށް ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް