ލީބިޔާގައި ހަމަނުޖެހުން ނަގާލި އަސްލު ބަޔަކީ ޤަތަރު ކަމަށާއި އަދިވެސް ގައްދާފީގެ އަގު ވައްޓާލަން އެންމެ ބޮޑަށް މަސައްކަތްކުރަނީ ޤަތަރުން ކަމަށްބުނެ ގައްދާފީގެ އާއިލާއިން ޤަތަރާއި ދެކޮޅަށް ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމެއް އެކުލަވާލައިފި އެވެ.
މިފަދަ ޓީމެއް އެކުލަވާލާފައިވާކަން ހާމަކޮށްފައިވަނީ ގައްދާފީގެ އާއިލީ ވަކީލު ހާލިދު އަލް ޒައިދީ އެވެ.
ތޫނިސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުނެފައިވަނީ ޤަތަރުގައި ޓެރަރިސްޓް ހަމަލާތައް ހިންގުމަށް ވާގިވެރިވި ޤަތަރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓުގައި ދައުވާ ކުރާނެ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ގައްދާފީގެ އަގު ވައްޓާލައި ގައްދާފީގެ އާއިލާއާއި ދެކޮޅަށް ދައްކަމުންދާ ދޮގު ވާހަކަ ތަކާއި އުފައްދާފައިވާ ދޮގު ހެކިތައް ނައްތާލުމަށް އޭނާ މިހާރު ބޮޑެތި ތަހުގީގުތަކެއް ލީބިޔާގެ އެތެރެއިންނާއި ބޭރުން ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް