ފީނަން ގޮސް އުޅުނު ދުވާފަރު ޒުވާނަކު މަރުވެއްޖެ

ރ. ދުވާފަރުން ފީނަށް ގޮސް އުޅުނު މީހަކު މަރުވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ރަށަށް ނިސްބަތްވާ ޒުވާނެކެވެ. މި ހާދިސާގައި މަރުވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ މުޙައްމަދު ޝަ...

22 Sep 2026 | 17:24
ރ. ދުވާފަރު --

ރ. ދުވާފަރު --

ރ. ދުވާފަރުން ފީނަށް ގޮސް އުޅުނު މީހަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ރަށަށް ނިސްބަތްވާ ޒުވާނެކެވެ.

މި ހާދިސާގައި މަރުވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ މުޙައްމަދު ޝައްފާން (30އ) އެވެ.

ފުލުހުން ބުނީ ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް މިއަދު 15:20 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް