ތުރުކީގެ ހައި ސްކޫލެއް ކައިރީ ބަޑި ޖަހައި އަށް މީހުން ޒަޚަމްކޮށްލައިފި

ތުރުކީގެ ހުޅަނގުގައި ހުންނަ ހައި ސްކޫލެއް ކައިރީ ހަތިޔާރު އެޅި މީހަކު މިއަދު ހެނދުނު ބަޑި ޖަހައި ދަރިވަރުން ހިމެނޭ ގޮތުން އަށް މީހަކު ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މަނީސާ ޕްރޮވިންސްގެ ...

22 Sep 2026 | 09:48
ބަޑީގެ ހަމަލާދިން ތުރުކީގެ ސްކޫލް ހިމެނޭ ސަރަހައްދު --

ބަޑީގެ ހަމަލާދިން ތުރުކީގެ ސްކޫލް ހިމެނޭ ސަރަހައްދު --

ތުރުކީގެ ހުޅަނގުގައި ހުންނަ ހައި ސްކޫލެއް ކައިރީ ހަތިޔާރު އެޅި މީހަކު މިއަދު ހެނދުނު ބަޑި ޖަހައި ދަރިވަރުން ހިމެނޭ ގޮތުން އަށް މީހަކު ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މަނީސާ ޕްރޮވިންސްގެ ތުރުގުތުލޫ ޑިސްޓްރިކްޓުގައި ހުންނަ އިންޖީ އުޒްމެޒް ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެނަތޯލިއަން ހައި ސްކޫލް ކައިރީގައެވެ. ޒަޚަމްވި އެންމެން ވެސް ވަގުތުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް އެ ސިޓީގެ ގަވަރުނަރުގެ އޮފީހާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހަމަލާ ދިން މީހާ ސީނުން ފިލުމަށް މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ގަވަރުނަރުގެ އޮފީހުން ބުނިގޮތުގައި ހަމަލާ ދިން ސަބަބު ތަޙުޤީޤު ކުރަމުން އަންނަ ކަށެވެ. ސޯޝަލް މީޑިއާގައި ޢާންމުވި ފޮޓޯތަކުން ބަޑި ހިފައިގެން ސްކޫލް ކައިރީ ތުހުމަތު ކުރެވޭ މީހާ ހިނގާފައި ދާ މަންޒަރު ފެނެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ފާއިތުވި މަސްތަކުގައި ތުރުކީގެ ސްކޫލްތަކުގައި ބަޑީގެ ދެ ހަމަލާއެއް ދީފައި ވަނިކޮށެވެ. މިދިޔަ އެޕްރީލް މަހު ސަންލީއުރުފާ ޕްރޮވިންސުގެ ހައި ސްކޫލެއްގައި ކުރީގެ ދަރިވަރަކު ބަޑި ޖަހައި 16 މީހަކު ޒަޚަމްކޮށްލިއެވެ. އެ ހަމަލާ ދިން މީހާ ވަނީ ފަހުން އަމިއްލައަށް މަރުވެފައެވެ.

ޖެހިގެން އައި ދުވަހު ކަހްރަމަންމަރާޝް ޕްރޮވިންސުގެ ސްކޫލެއްގައި ޢުމުރުން 14 އަހަރުގެ ކުއްޖަކު ދިން ހަމަލާގައި ދަރިވަރުންނާއި ޓީޗަރުން ހިމެނޭ ގޮތަށް ނުވަ މީހުން މަރުވެ 13 މީހަކު ޒަޚަމްވެފައިވެއެވެ. އެ ހަމަލާ ދިން ކުއްޖާ ފުލުހުންގެ ބަޑީގެ ހަމަލައިގައި މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް