އީރާނުގެ ރައީސާ މަންދޫބުންނަށް ވިސާ ދިނަސް މީޑިއާ ޓީމަށް އެމެރިކާއިން ވިސާ ނުދިން!

އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ދައުރުގައި ބައިވެރިވެވަޑައިގަތުމަށް، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު ދ...

22 Sep 2026 | 06:05
އީރާންގެ ރައީސް --

އީރާންގެ ރައީސް --

އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ދައުރުގައި ބައިވެރިވެވަޑައިގަތުމަށް، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު ދާން އޮތް މީޑިއާ ޓީމަށް ވިސާ ނުދޭނެކަން އަންގައިފި އެވެ.

އީރާނުގެ އޮފިޝަލަކު މީޑިއާގައި ބުނީ އެ ޓީމަށް ވިސާ ނުދޭން ނިންމި ސަބަބެއް އަދި އެމެރިކާއިން ނާންގާ ކަމަށެވެ. އެ ޓީމަށް ނުދެވޭނެކަން އެންގުމުން އިރާން ސަރުކާރުން ވަނީ އެ ދައުރުގެ ހުރިހާ ހަބަރުތަކެއް މި ދަތުރުގައި ބައިވެރިވާ ރައީސް އޮފީހުގެ ފް އޮފް ސްޓާފް މުޙްސިން ޙާޖީ މީރުޒާއީ މެދުވެރިކޮށް މީޑިއާ އާއި ހިއްސާ ކުރާނެކަން އަންގާފައި އެވެ.

މީޑިއާ ޓީމަށް ހުއްދަ ނުދިނަސް ރައީސް ޕެޒެޝްކިއަން އާއި ވަޒީރުންނާއި ސަރުކާރު ތަމްސީލް ކުރާ މަންދޫބުންނަށް އެމެރިކާއިން ވަނީ ފަސް ދުވަހުގެ ވިސާ ދޫކޮށްފައި އެވެ. އިރާނުން ބުނީ މި ފަސް ދުވަހުގެ ތެރޭގައި އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކޮށް ގައުމުތަކުގެ އިސް ލީޑަރުންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.

އީރާނުގެ މީޑިއާ ޓީމަށް ވިސާ ނުދިން އިރު ފަލަސްތީނުގެ ރައީސާއި ސަރުކާރުގެ ވަފުދަށް ވިސާ ނުދޭން އެމެރިކާއިން ވަނީ ނިންމާފައި އެވެ. މިއީ އދ. ގެ ބައްދަލުވުމުގައި ބައިވެރިވާ ފަލަސްތީނުގެ ޓީމަށް ވިސާ ދޭން ދެކޮޅު ހެދި ދެ ވަނަ އަހަރެވެ.

އެމެރިކާއިން ބުނިގޮތުގައި މި ފިޔަވަޅު އެޅީ ފަލަސްތީނުން ބައިނަލްއަގުވާމީ ކޯޓުތައް ކަމަށްވާ އައިސީސީ އަދި އައިސީޖޭ އަަށް މައްސަލަތައް ހުށަހަޅައިގެން “ސަރަހައްދީ ހަމަނުޖެހުން ބައިނަލްއަގުވާމީ ކުރަން” އުޅޭތީ އެވެ.

އެމެރިކާއިން ވިސާ ނުދިނުމުން ރައީސް މަހްމޫދު އައްބާސް އާންމު މަޖިލީހާ ތަގުރީރުކުރައްވާނީ ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް