ވޭޕް ވިޔަފާރީގެ ތުހުމަތުގައި ހުޅުމާލޭ އެޕާޓްމަންޓަކުން 156 ކާޓްރިޖާއި ފައިސާ ހޯދައިފި

ރާއްޖެއަށް ވޭޕް އެތެރެކޮށް ވިޔަފާރިކުރުމާއި މަނީލޯންޑަރިންގް ކުރުމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލޭ ފޭސް 2 ގެ އެޕާޓްމަންޓަކުން ވޭޕް ކާޓްރިޖްތަކާއި ފައިސާ ހޯދައި ބެލުމުގެދަށަށް ގެނެސްފ...

22 Sep 2026 | 05:52
N/A

N/A

ރާއްޖެއަށް ވޭޕް އެތެރެކޮށް ވިޔަފާރިކުރުމާއި މަނީލޯންޑަރިންގް ކުރުމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލޭ ފޭސް 2 ގެ އެޕާޓްމަންޓަކުން ވޭޕް ކާޓްރިޖްތަކާއި ފައިސާ ހޯދައި ބެލުމުގެދަށަށް ގެނެސްފި ކަމަށް ފުލުހުން ބުނެފިއެވެ.

މި އޮޕަރޭޝަން ހިންގީ އިއްޔެ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. އޮޕަރޭޝަންގައި މަގުމަތިން ދިވެހި ދެ ފިރިހެނަކު ހުއްޓުވައި ސުވާލުކުރުމަށްފަހު، އެ ދެމީހުން ދުއްވި ސައިކަލާއި، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުނެއެވެ.

ބަލައިފާސްކުރުމުގައި 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކް ފެނިފައިވާއިރު، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 ރުފިޔާއަށްވުރެ ގިނަ ފައިސާވެސް ފެނިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް