ރާއްޖެއިން މިއަދު ކޯވިޑް-19 އަށް އިތުރު 48 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލޭ ސިޓިން 47 މީހުންނާއި އަތޮޅު ތެރެއިން އެކަކު ކަމަށެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 20 ބިދޭސީންނެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 1،340 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 92 މީހުންނަށެވެ.
މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 8،438 މީހުން ވަނީ ރަނގަޅުވެފައި އެވެ. މިއަދު48 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 9،818 މީހުންނެވެ. އޭގެ ތެރެއިން34 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް