އެންމެ ފަހުން ވިޑާލް އިންޓަމިލާން އަށް ސޮއިކޮށްފި

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އައި ޗިލީ މިޑްފީލްޑަރު އަޓޫރޯ ވިޑާލް އިންޓަ މިލާން އަށް ސޮއިކޮށްފިއެވެ. މިހާރު އުމުރުން 33 އަހަރުގެ ވިޑާލް އިންޓަ މިލާނަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސް ވުކެއްގ...

22 Sep 2020 | 16:32

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އައި ޗިލީ މިޑްފީލްޑަރު އަޓޫރޯ ވިޑާލް އިންޓަ މިލާން އަށް ސޮއިކޮށްފިއެވެ.

މިހާރު އުމުރުން 33 އަހަރުގެ ވިޑާލް އިންޓަ މިލާނަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސް ވުކެއްގެ ދަށުން 1 މިލިޔަން ޔޫރޯގެ އަގަކަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންޓައާއެކު ވިޑާލް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރިއިރު، މި އެއްބަސްވުމުގެ ދަށުން ވިޑާލް އަށް އަހަރަކު ހަ މިލިޔަން ޔޫރޯ ލިބޭނެއެވެ.

ޗިޑާލް އިންޓަމިލާން އަށް ބަދަލުވި އިރު، އޭނާ ބާސާއާއެކު ހަދާފައި އޮތް އެއްބަސްވުން ހަމަވަން އަދި އެއް އަހަރު އެބަ އޮތެވެ. ނަމަވެސް ބާސާއިން ވަނީ ވިޑާލްގެ އެއްބަސް އުވާލާ އިންޓަ މިލާނަށް ބިއްކާލާފައެވެ.

ވިޑާލް އިންޓަމިލާން އާއި ގުޅުނު އިރު، އޭނާ ވަނީ މީގެ ކުރިން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ވެސް ކުޅެފައެވެ.

ވިދާލް ޔުވެންޓަސްގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އެކުލަބު ދޫކޮށް ޖަރުމަންގެ ޗެމްޕިއަން ބަޔާންއަށް ބަދަލުވިއެވެ. އަދި ބަޔާންއިން 2018 ވަނަ އަހަރު ބާސާއަށް ބަދަލު ވިއެވެ.

ވިޑާލް ބާސާ ދޫކޮށް ދާން ޖެހުނީ އެ ކުލަބާއި އަލަށް ހަވާލުވި ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ވިޑާލް ނުހިމެނުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް