26 މީހުންނާއެކު ދަތުރުކުރި އެމްޓީސީސީ ގެ ލޯންޗެއް ފަރަކަށް އަރައިފި

26 މީހުންނާއެކު ދަތުރުކުރި އެމްޓީސީސީ ގެ ލޯންޗެއް ފަރަކަށް އަރައިފި އެވެ. އެމްއެންޑީއެފް އިން ބުނީ މި ލޯންޗު އަރާފައިވަނީ ކ. ކޮއްދިއްޕަރު ކައިރީ އޮންނަ ފަރަކަށް ކަމަށެވެ. އަދި އެ ހާދިސާގެ މަޢުލޫމާތު ލ...

22 Sep 2020 | 14:56

26 މީހުންނާއެކު ދަތުރުކުރި އެމްޓީސީސީ ގެ ލޯންޗެއް ފަރަކަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ލޯންޗު އަރާފައިވަނީ ކ. ކޮއްދިއްޕަރު ކައިރީ އޮންނަ ފަރަކަށް ކަމަށެވެ. އަދި އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ އިރުއޮއްސި18:48 ހާއިރު ކަމަށެވެ.

މީގެ އިތުރުން އެ ލޯންޗުގައި2 އަންހެނުން ތިބި ކަމަށާއި އެ ލޯންޗުގައި ތިބި މީހުން ތިބީ އެތާ ކައިރީ އޮތް ތުނޑިއަކަށް އަރާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެ އިދާރާއިން ބުނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހަަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް