އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިރޭ މޫސުން ގޯސް

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓް އޮފީހުން ބުނީ ހއ. އަތޮޅުން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި އާންމުގޮތެއްގައި ...

22 Sep 2020 | 13:17

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ހއ. އަތޮޅުން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި އާންމުގޮތެއްގައި 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.

ވިލާގަނޑުގައި 42 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މި ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ އެވެ.

އުތުރާއި މެދު ތެރޭގެ ހުރިހާ އަތޮޅަކަށް މިއަދު ހެނދުނު ފެށިގެން މެޓް އޮފީހުން އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. ވައިޓް އެލާތު ނެރެނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހަނދާން ކޮށްދިނުމަށެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް