ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ނިމިއްޖެ

ސ. ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް 17 ސެޕްޓެމްބަރ 2020 ގައި ނިމިއްޖެއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން މިކުންފުންޏ...

22 Sep 2020 | 11:50

ސ. ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް 17 ސެޕްޓެމްބަރ 2020 ގައި ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި މިކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ 11 ސެޕްޓެމްބަރ 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން ސައިޓް ސާފުކުރުމާއި ދަނޑުގެ ވެލިގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ.

މި މަޝްރޫޢަކީ 2.65 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް